"ޝިރުކު ފިޔަވައި ބޮޑެތިފާފަތަކުގެތެރެއިން ފާފައެއް ކުރާމީހަކީ ފާސިޤެކެވެ. އެމީހާ ތައުބާ ނުވާހާހިނދަކު އެމީހާގެ ޢަދުލުވެރިކަމާއި ހެކިބަސް ޤަބޫލު ނުކުރެވޭނެއެވެ. އަދި ޤަޛުފުގެ ޙައްދު ވާޖިބުވާނެ މީހެކެވެ. އަބުރު ރައްކާތެރި ކުރުމަކީ އިސްލާމްދީނުގެ މަޤުސަދެކެވެ."
މިއީ ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެފައިވާ ބަސްފުޅެކެވެ. މިބަސްފުޅާއިއެކު ޢާންމު ކުރައްވަވާފައިވަނީ ނޫރު ސޫރަތުގެ 4 ވަނަ އާޔަތެއވެ. އެ އާޔަތުގައި ވަނީ، "
"ޢިއްފަތްތެރި އަންހެނުންނަށް ޤަޛްފް ކުރާ މީހުން (އެކަމުގެ މައްޗަށް) 4 ހެކިން ނުގެނައިނަމަ، ފަހެ، އެއުރެންގެ ގައިގައި 80 އެތިފަހަރުން (ހައްދު) ޖަހާށެވެ. އަދި ދުވަހަކުވެސް އެއުރެންގެ ހެކިބަހެއް ތިއަބައިމީހުން ޤަބޫލު ނުކުރާށެވެ. އަދި އެއުރެންނީ ހަމަ ފާސިޤުންނެވެ."
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އިއްޔެ ވިދާޅުވީ މީހެއްގެ ބޮލުގައި ޒިނޭގެ އިލްޒާމް، ނުވަތަ އެއްޖިންސުން ގުޅުން ހިންގުމުގެ އިލްޒާމް އަޅުވައިފިނަމަ (މިއާޔަތުގައި ބަޔާންވެގެންވާ ފަދައިން)އެކަން ސާބިތުކުރުމަށް 4 ހެކިން ދައްކަން ޖެހޭނެ ކަމަށާއި ނުދެއްކިއްޖެ ނަމަ 80 އެތިފަހަރުގެ ޤަޒްފް ހައްދު ޖަހަން ޖެހޭނެ ކަމަށެވެ.
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ ޖާމިޢާ ސަލަފުން ކިޔަވާ ވިދާޅުވާ ޢިލްމުވެރިންނަކީ އެއްޖިންސުން ހިންގާ ބައެއްކަމަށް ތުހުމަތު ކުރައްވައި ރައީސް މުޙައްމަދު ނަޝީދު އިއްޔެ ނ. ކުޑަފަރީގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ.
އެހެންކަމުން ޖާމިއާ ސަލަފުން ކިޔަވައި ވިދާޅުވެފައިވާ ރާއްޖޭގެ އެންމެ އިސް ދީނީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ
1- އައްޝެއިޚް އިސްމާޢީލް މުޙައްމަދު
2- ޑރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ
3- އައްޝެއިޚް ފައްޔާޟު އަލީ
4- ޑރ ޢަބްދުއްސައްތާރު
5- އައްޝެއިޚް ޢަބްދުލްޢަޒީޒު
6- އައްޝެއިޚް އަބޫ ބަކުރު އިބްރާހީމް
7- އައްޝެއިޚް ޙަސަން ލަޠީފް
8- އައްޝެއިޚް އާދަމް ޝަމީމް
9- އައްޝެއިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް
10- އައްޝެއިޚް ޢަލީ ޒާހިރު (ޢަދާލަތު ޕާޓީގެ ނާއިބު ރައީސް/ ރައީސް އޮފީސް ޗީފް އޮޕް ސްޓާފް)
11- ޑރ އަޙްމަދު ޒާހިރު (މިހާރުގެ އިސްލާމިކް މިނިސްޓަރު)
12- އައްޝެއިޚް އަޙްމަދު ސަލީމް
13- އައްޝެއިޚް އަޙްމަދު ފާރޫޤު މުޙައްމަދު
14- އައްޝެއިޚް އަޙްމަދު މޫސާ
15- އައްޝެއިޚް ރޫޙުލް އަމީން
16- ޑރ މުޙައްމަދު ޖަމީލް (ކުރީގެ ނާއިބު ރައީސް )
17 ޑރ ޒަކަރިއްޔާ
18- އައްޝެއިޚް ހުސެއިން ޔޫސުފް
19- ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒް
20- ޑރ ޙަސަން ސަޢީދު ( ކުރީގެ އުއްތަމަ ފަނޑިޔާރު
21- ޕްރޮފެސަރު ޢަބްދުﷲ ސަޢީދު
މިފަދަ ޢަމަލެއް ހިންގަވާފައިވާކަން ސާބިތުކޮށް ދެއްވުމަކީ ރައީސް ނަޝީދަށް ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމެއްކަން ފާހަގަކުރެވެއެވެ. ނޫން ނަމަ ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ ފަދައިން ޤަޛްފްގެ ހައްދު އަރާނެއެވެ. އަދި ރައީސް ނަޝީދުގެ ހެކިބަސް، ދައްކަވާ ވާވަހަފުޅު ބަލައިގަތުން ހުއްދައެއް ނުވާނެއެވެ!
ޝިރުކު ފިޔަވައި ބޮޑެތިފާފަތަކުގެތެރެއިން ފާފައެއް ކުރާމީހަކީ ފާސިޤަކެވެ އެމީިހާ ތައުބާ ނުވާހާހިނދަކު އެމީހަާގެ ޢަދުލުވެރިކަމާއި ހެކިބަސް ޤަބޫލު ނުކުރެވޭނެއެވެ. އަދި ޤަޛުފުގެ ޙައްދު ވާޖިބުވާނެ މީިހެކެވެ. އަބުރު ރައްކާތެރި ކުރުމަކީ އިސްލާމްދީނުގެ މަޤުސަދެކެވެ. pic.twitter.com/B3dLTLMUjd
— Ilyas Hussain (@shkilyas) April 3, 2019