ޗައިނާގެ މުސްލިމުންނަށް ރޯދަ ހިފުމުގެ ފުރުޞަތު ނުދޭނެތީ ދުނިޔޭގެ އެހީތެރިކަމަށް އެދި އާދޭސްކުރަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ޗައިނާގެ މުސްލިމުންނަށް ރޯދަ ހިފުމުގެ ފުރުޞަތު ނުދޭނެތީ ދުނިޔޭގެ އެހީތެރިކަމަށް އެދި އާދޭސްކުރަން ފަށައިފި

ޗައިނާގެ މުސްލިމުންނަށް މިއަހަރުވެސް ރޯދަ ހިފުމުގެ ފުރުޞަތު ނުދޭނެ ކަމުގެ ބިރު އޮތުމުން ރޯދަ ހިފުމަށްޓަކައި ދުނިޔޭގެ އެހީތެރިކަމަށް އެދި އާދޭސްކުރަން ފަށައިފިއެވެ.  

މުސްލިމުން ބުނަނީ ކޮންމެ އަހަރަކު ވެސް ގެންދަނީ އެމީހުން ރޯދަ ހިފުމަށް ހުރަސް އަޅަމުން ކަމަށެވެ. މިދިއަ އަހަރުވެސް ރޯދައަށް ތިބެ، ނުކައިފިނަމަ އިޞްލާޙްކުރުމުގެ ނަމުގައި މަރުކަޒުތަކަށް ގެންގޮސް އެމީހުންނަށް ކާންދީ އަދި ބަނގުރާ ވެސް ބޯން މަޖުބޫރު ކުރުވާ ކަމަށެވެ. 

ރަމަޟާން މަސް ފެށޭނީ މެއި މަހުގެ 6 ވަނަ ދުވަހު ކަމަށް ބެލެވޭއިރު މިހާރު ބާކީ އޮތީ މަހެއްހައި ދުވަހަށްވުރެވެސް މަދު ދުވަސްކޮޅެއްކަން ފާހަގަކޮށް ރޯދަ ހިފުމުގައި ދުނިޔޭގެ އެހީތެރިކަމަށް އެދި ޗައިނާގެ މުސްލިމުން ގެންދަނީ އާދޭސްކުރަމުންނެވެ.  

 

މިއަދު އޮންލައިން