ލެވިސްޓާ ފުޓްސަލް ކަޕްގައި އިނާމުގެ ގޮތުގައި ސައިކަލާއި ބައިސްކަލްދޭން ނިންމައިފި

ކިޔުމަށް ހޭދަވާނީ 44ސ
ލެވިސްޓާ ފުޓްސަލް ކަޕްގައި އިނާމުގެ ގޮތުގައި ސައިކަލާއި ބައިސްކަލްދޭން ނިންމައިފި

ލެވިސްޓާ ފުޓްސަލް ކަޕްގައި އިނާމުގެ ގޮތުގައި ސައިކަލާއި ބައިސްކަލްދޭން ނިންމައިފިއެވެ.

މިއީ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ލޮޓަސް ފިހާރައިން ސްޕޮންސަރ ކޮށްގެން އޭދަފުށީ ދާއިރާގެ ތިން ރަށަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ.

މިއޭޕްރިލް މަހުގެ 12 އަދި 13 ގައި ބާއްވާ މި މުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާއަށާއި ފެއާރޕްލޭ ކުޅުންތެރިޔާއަށް ދިނުމަށް ނިންމާފައިވަނީ ހޮންޑާ އާރުއެކްސް މޮޓޯ ސައިކަލެވެ.  އަދި ރަނަރއަޕް ޓީމަށާއި 3 ވަނަ ހޯދާ ޓީމަށް އިނާމުގެ ގޮތުގައި 16 ބައިސްކަލް ދިނުމަށް ވަނީ ނިންމާފައެވެ.

އޭދަފުށި ދާއިރާގެ 3 ރަށް ކަމަށްވާ އޭދަފުށި، މާޅޮސް އަދި ހިތާދޫގެ ޓީމުތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ އަގު 378،600 ރުފިޔާއަށް އަރާ އިރު، މިއީ އެ އަތޮޅުގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތަށްވާނެއެވެ.

މިއަދު އޮންލައިން