މާރެސް އަތޮޅުވޮލީބޯޅަ މުބާރާތް އޭޕްރިލް 12 ގަ ފަށަނީ..

ކިޔުމަށް ހޭދަވާނީ 1މ 27ސ
މާރެސް އަތޮޅުވޮލީބޯޅަ މުބާރާތް އޭޕްރިލް 12 ގަ ފަށަނީ..

މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރމަންޓް ސޮސައިޓީ (މާރެސް) ން  ބ.އަތޮޅުގެ ރަށްތަކަށް ހުޚުވާލައިގެން ބާއްވާ  އަތޮޅު ވޮލީބޯޅަ މުބާރާތް އޭޕްެރިލް 12 ގައި ފެށުމަށް ނިންމާފައިވާކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ. 

އެ ޖަމިއްޔާއިން ބުނީ ބ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން އޭޕްރިލް 18 އާއިހަމައަށް ބާއްވާ  މި މުބާރާތުގައި މިއަހަރު ބައިވެރިވެފައިވަނީ އަންހެން ޑިވިޜަންގައި 4 ޓީމާއި ފިރިހެން ޑިވިޜަންގައި 6 ޓީމު ކަމަށެވެ. 

އަންހެން ޑިވިޜަންގެ މެޗުތަކުން މުބާރާތް ފަށާ އިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ވޭތުވެދިޔަ އަހަރުގެ ޗެމްޕިއަން ގޮއިދޫ އާއި މުބާރާތުގެ ފުރަތަމަ އަހަރުގެ ޗެމްޕިއަން ދަރަވަންދޫ އެވެ. 

މި ޑިވިޜަންގައި ދެން ބައިވެރިވެފައިވަނީ މާޅޮހާއި ކަމަދޫ އެވެ.  

ފިރިހެން ޑިވިރަންގެ މެޗުތައް ކުރިއަށްދާނީ އެޕްރީލް 19ން 27 އަށެވެ. މި ޑިވިޜަންގައިި ވާދަކުރާ 6 ޓީމަކީ ގޮއިދޫ، މާޅޮސް، ދަރަވަންދޫ، ކުޑަރިކިލު އަދި ކަމަދޫ އަދި ދޮންފަނެވެ. ކަމަދޫ އާއި ދޮންފަނު މި މުބާރާތުގައި ވާދަކުރާ މިއީ ފުރަތަމަ ފަހަރެވެ. 

އެ ޖަމިއްޔާއިން 2016 ވަނަ އަހަރު ފެށި މިމުބާރާތުގައި މިހާތަނަށް ވަނީ އަންހެން ޑިވިޝަންގެ 3 މުބާރާތެއް ބާއްވާފައެވެ. 

ވޭތުވެދިޔަ އަހަރުގެ މުބާރާތުގައި އަތޮޅުގެ 5 ރަށަކުން 8 ޓީމުވަނީ ވާދަކޮށްފައެވެ.

ފިރިހެން ޑިވިޜަން އަދި އަންހެން ޑިވިޜަންގެ ފައިނަލުގައިވެސް ބައްދަލުކޮށްފައިވަނީ ގޮއިދޫ އާއި މާޅޮހެވެ. އަދި ދެ ޑިވިޜަންގެ ޗެމްޕިއަންކަންވެސް ހޯދާފައިވަނީ ގޮއިދޫއެވެ. 

 

މިއީ އެ އަތޮޅުގައި ތިބި ވޮލީކުޅުންތެރިންނަށް މުބާރާތެއްގައި ވާދަކޮށް އެކުޅުންތެރިންގެ ހުނަރު ދައްކާލުމަށް ފުރުޞަތުހޯދައި ދިނުމާއި ކުުޅުންތެރިންގެ ހުނަރު ރަނަގޅުކުރުމާއެކު އެކުވެރިކަން އާލާ ކުރުވުމުގެ މަޤްޞަދުގައި މާރެސް ޖަމިއްޔާއިން ބާއްވާ މުބާރާތެކެވެ.

މިއަދު އޮންލައިން