ކްލަބް މޯލްޑިވްސް ކަޕް 2019 އަދި ވުމަންސް ފުޓްސަލް ފިއެސްޓާ ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ކިޔުމަށް ހޭދަވާނީ 36ސ
ކްލަބް މޯލްޑިވްސް ކަޕް 2019 އަދި ވުމަންސް ފުޓްސަލް ފިއެސްޓާ  ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ކްލަބު މޯލްޑިވްސް ކަޕް 2019 އަދި 30/18 ވުމަންސް ފުޓްސަލް ފިއެސްޓާ ހުޅުވުމުގެ ރަސްމިއްޔާތު ނައިބު ރައީސް ފައިޞަލް ނަޞީމް ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި މުބާރާތަކީ ކްލަބު މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

ރޭ ހުޅުމާލެ ފުޓްސަލް ދަނޑުގައި ކުރިއަށްދިޔަ މިރަސްމިއްޔާތުގައި މުބާރާތުގެ ބައިވެރިން ވަނީ ޓީމް ތަކުގެ ޖާޒީތައް ދައްކާލާފައެވެ.

މި ރަސްމިއްޔާތުގައި ކުޅުނު އެކުވެރިކަމުގެ މެޗުގައި ނައިބު ރައީސް ފައިޞަލް ނަޞީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ކްލަބު މޯލްޑިވްސްގެ ފަރާތުން ނައިބު ރައީސް ވަނީ ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ.

މިއަދު އޮންލައިން