ޗައިނާގައި ހެދި ނެޝަނަލް މެރިޓައިމް މިއުޒިއަމް އަންނަ މެއި މަހު ހުޅުވަން ނިންމައިފި

ކިޔުމަށް ހޭދަވާނީ 58ސ
ޗައިނާގައި ހެދި ނެޝަނަލް މެރިޓައިމް މިއުޒިއަމް އަންނަ މެއި މަހު ހުޅުވަން ނިންމައިފި

ޗައިނާގައި ހެދި ނެޝަނަލް މެރިޓައިމް މިއުޒިއަމް އަންނަ މެއި މަހު ހުޅުވަން ނިންމައިފިއެވެ.

އެ ޤައުމުގެ މީސްމީޑިއާގައި ބުނެފައިވާގޮތުގައި 150,000 ސްކޮއަރ މީޓަރުގެ މި މިއުޒިއަމް ހުންނާނީ ތިއަންޖިން ބިންހައި އަވަށުގައެވެ. އަދި މި ޢިމާރާތް ފަރުމާކޮށްފައިވަނީ ކަނޑާއި އެއްގަމުގެ ރާސްތާ ހިމެނޭގޮތަށް ވަރަށް ހިތްގައިމުކޮށްނެވެ.

މި މިއުޒިއަމްގެ 23,000 ސްކޮއަރ މީޓަރުގެ 15 ސެކްޝަނެއް ޚާއްޞަކޮށްފައިވަނީ ޗައިނާގެ ޘަޤާފަތާއި ކަނޑާއި އެއްގަމުގެ ސިފައިންގެ ތާރީޚް ދައްކުވައިދޭ ގޮތަށެވެ. އަދި ތަޢުލީމާއި ޓެކްނޮލޮޖީގެ ކުރިއެރުންތައްވެސް ދައްކުވައިދޭނެއެވެ.

ޗައިނާގެ ޚަބަރުފަތުރާ ވަޞީލަތްތަކުން ބުނެފައިވާ ގޮތުގައި އެ ޤައުމުގައި ފުރަތަމަ ފަހަރަށް ހެދި ނެޝަނަލް މެރިޓައިމް މިއުޒިއަމް ހުޅުވާ އިރު، އެތަނަށް ޒިޔާރަތްކުރާ މީހުން ވިޔަފާރި ކުރުމަށް ޝޮޕިންގ މޯލްތަކާއި ހޯޓާ، ކެފޭ ރެސްޓޯރެންޓު އަދި ސިނަމާތައް ހުންނާނެއެވެ.

މީގެ އިތުރުން ޖަލްސާތަކާއި ކޮންފަރެންސްތައް ބޭއްވުމަށްވެސް ބައެއް ތަންތަން ޚާއްޞަކޮށްފައިވާ އިރު، މިއީ ކިޔަވާ ދަރިވަރުންނަށް ބޭނުންވާ އެތައް ފިލާވަޅުތަކެއް ލިބި، ދިރާސާކުރުމަށްވެސް މަގުފަހިވެގެންދާނޭތަނެއް ކަމަށްވެސް ވަނީ ބުނެފައެވެ.

މިއަދު އޮންލައިން