މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމަށް ޓަކައި ގދ.ތިނަދޫގައި ޑްރަގް ރީހެބިލިޓޭޝަން ސެންޓަރެއް މިއަދު ހުޅުއްވައިދެއްވަައިފިއެވެ.
މިސެންޓަރ ހުޅުއްވައިދެއްވީ، މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޝިދާތާ ޝަރީފެވެ.
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، މިސެންޓަރުގެ ޚިދުމަތް ފަށާފައިވާއިރު، އެތަނުގައި 12 މީހުންނަށް ޑިޓޮކްސިފިކޭޝަންގެ ޚިދުމަތް ދިނުމުގެ ޖާގަ އެބަހުރިއެވެ. އަދި 36 މީހުންނަށް ކޮމިއުނިޓީ ފަރުވާ ދިނުމުގެ އިންތިޒާމު އެ ސެންޓަރުގައި ވަނީ ހަމަޖެހިފައެވެ.
މި ސެންޓަރތަކުން ދެވޭ ޚިދުމަތްތަކުގެ ތެރޭގައި ޑީޓޮކްސިފިކޭޝަން ފަރުވާއާއި ކޮމިޔުނިޓީ ރިހެބިލިޓޭޝަން ފަރުވާއާއި ސައިކޯސޯޝަލް ފަރުވާގެ އިތުރުން ފަރުވާ ނިމިގެން މުޖުތަމަޢުއަށް އަހުލުވެރިކުރުވުމަށް ބޭނުންވާ ހުނަރުތައް އަށަގެންނެވުން ހިމެނެއެވެ.