"ވަޢްދުކޮށް އަހްދުކޮށްފި ކޮންމެ ކަމެއް ފުއްދުމަކީ މުއްމިނުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. އަދި އެއީ މުއްމިނުންގެ ސިފަވެސް މެއެވެ. އަހުދާއި ވައްދު ނުފުއްދުމަކީ ބިރުވެތިވާންޖެހޭ ކަމެކެވެ. މާދަމާ ސުވާލުކުރެވޭނެކަން ކަށަވަރެވެ. މި އާޔަތާއިމެދު ވިސްނައިލައްވާށެވެ." ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން
އާޔަތުގެ މާނައިގައިވަނީ "ތިއަބައިމީހުން ﷲ އަށް އަހްދުކޮށްފިނަމަ، އެ ޢަހްދު ތިއަބައިމީހުން ފުއްދާށެވެ! އަދި ހުވާތައް ގަދަކޮށް، ކަށަވަރުކުރުމަށްފަހު، ތިއަބައިމީހުން އެ ހުވާތައް އުވައިނުލާށެވެ! އެހެނީ ހަމަކަށަވަރުން ﷲ އީ، ތިއަބައިމީހުންގެ ހެކިވެ ޖާމިނުވެވޮޑިގެންވާ ފަރާތެއް ކަމުގައި ތިއަބައިމީހުން ލާފައިވެއެވެ. ހަމަކަށަވަރުން ތިއަބައިމީހުން ކުރާކަންތައް، ﷲ ދެނެވޮޑިގެންވެއެވެ."
Waudhukoh ahudhu koffi komme kameh fudhdhumakee muminunge machchah lazimu vegenva kamehe adhi a e muminunge sifavesme ahudhai waudhu nufudhumakee biruvethivanjeheykameh madhama suvalukureveynekan kashavaru isra soorathuge 34 vana aayathai mi aayatha medhu visnavalavva pic.twitter.com/HgvU1E6PDy
— Ilyas Hussain (@shkilyas) April 20, 2019