ސްރީލަންކާގައި މިއަދު ދީފައިވާ ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން މިރޭ 11.59 ވަންދެން ސްރީލަންކާއަށް ކުރާ ކޯލުތަކުގެ އަގު ނަގާނީ މިނިޓަކަށް އެންމެ ރުފިޔާއެއް ކަމަށް އުރީދޫން ބުނެފިއެވެ.
އުރީދޫން ބުނީ މިއީ ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހި ޢާއިލާތައް ދިރިއުޅެމުންދާ ޤައުމަކަށްވުމުން ޢާއިލާގެ ޙާލު ބަލަން އެހީތެރިވުމުގެ ގޮތުން ހަމަޖައްސައިދިން ޚާއްޞަ އަގެއް ކަމަށެވެ.