ލަންކާގައި ވިޔަފާރީގެ އެންމެ ކާރޫބާރޫ ބޮޑު ސަރަހައްދެއްކަމަށްވާ ޕެޓާ އިން "ޕާރުސަލްބޮމެއް" ބޮމެއް ފެނިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ދާދި ދެންމެ ވަނީ މައުލޫމާތު ލިބިފައެވެ.
މިކަމުގެ އިތުރު ތަފްޞީލު ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް ގޮތް ނުއެނގޭ އެއްޗެއް ފެނިއްޖެ ނަމަ ވީހައި އަވަހަކަށް ރިޕޯޓް ކުރުމަށް ފުލުހުން ދަނީ އެދެމުންނެވެ. އަދި އެފަދަ އެއްޗެއް ފެނުނު ނަމަވެސް އަމިއްލައަތްލައި ކުޅެ ނުހެދުމަސް ދަނީ އިލްތިމާސްކުރަމުންނެވެ.
މިއަދުގެ މިހައިތަނަށް ތަފާތު 8 ތަނުގައި މިހާރު ވަނީ ބޮން ގޮއްވައިފައެވެ.