ދަތުގެ ފަރުވާ ހޯދަން ދިއަ 22 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރުމަށްފަހު މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ދަތުގެ ފަރުވާ ހޯދަން ދިއަ 22 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރުމަށްފަހު މަރާލައިފި

ޕާކިސްތާނުގެ ހޮސްޕިޓަލަކަށް ދަތެއްގައި ރިއްސާތީ ފަރުވާ ހޯދަން ދިއަ އުމުރުން 22 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރުމަށްފަހު މަރާލައިފިއެވެ.

ހޮސްޕިޓަލުން ބުނީ 22 އަހަރުގެ އަސްމަތު ޖުނޭޖޯ މަރުވީ ޖެހި އެންޓިބައޮޓިކްސް އިންޖެކްޝަނެއްގެ ސަބަބުން ކަމަށެވެ. 

 

ނަމަވެސް އާއިލާއިން ކިޔާދިން ގޮތުގައި ހޮސްޕިޓަލުން 

އެންމެ ފުރުތަމަ އެންގީ އަސްމަތުގެ ޙާލު ގޯސްވަމުން އަންނަކަމަށެވެ.

ދެން ބުނެފައިވަނީ އަސްމަތު ޕޯސްޓް ޖުރެޖުއޭޓް މެޑިކަލް 

ސެންޓަރަށް ބަދަލުކޮށްފަވާކަމަށެވެ.

 

ނަމަވެސް މިކަން ދޮގަކަށްވެފައިވަނީ އަސްމަތުގެމަންމަ އެސެންޓަރު 

ޗެކްކުރުމަށްފަހު އެންބުރި އައިސް ހޮސްޕިޓަލްގެ 

ކޮޓަރިތައްޗެކު ކުރަމުން ދަނިކޮށް ދަރިފުޅުުގެ ފުރާނަ 

ނެތް މަސްގަނޑު ސްޓްރެޗާރ މަތީއޮއްވާ ފެނުމުންނެވެ.

އަސްމަތުގެ ޕޯސްޓްމޯޓޮމް ހެދުމުން އެނގުނީ ރޭޕްކޮށްފައިވާ މަރާލައިފައިވާކަމެވެ.

 

 

ތުހުމަތު ކުރެވޭ ގޮތުގައި އަސްމަތު ރޭޕްކޮށް މަރާލުމުގައި ހޮސްޕިޓަލުން ގެ 3 މުވައްޒިފަކާއި ޑޮކްޓަރަކު ކަމަށެވެ. 

ރިޕޯޓް ތަކުން އެނގޭގޮތުގައި 3 މީހަކު ވަނީ ހައްޔަރުކޮށްފިއެވެ. އަދި ޑޮކްޓަރު ވަނީ ފިލާއެވެ.

 

ޕާކިސްތާނުގެ ހޮސްޕިޓަލުތަކުގައި ހިންގާ މިފަދަ ބޮޑެތި ޖަރީމާތައް ބަލައި ފިޔަވަޅު ނުއަޅާކަމަށް ބުނެ ގިނަ ބައަކު ގެންދަނީ ޝަކުވާކުރަމުންނެވެ.

 

މިއަދު އޮންލައިން