މެލޭޝިއާގެ ކުއާލާ ލަމްޕޫރްގައި ހުންނަ އިންޓަނޭޝަނަލް މެޑިކަލް ޔުނިވާސިޓީ (އައިއެމްޔޫ) ގައި ބޮމެއް އޮތްކަމުގެ އިންޒާރު ލިބުމާއި ގުޅިގެން، އެޔުނިވާސިޓީން އެއްކޮށް މީހުން ހުސްކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި، އެތަނުގައި ބޮމެއް އޮތްކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން، އެޤައުމުގެ ފުލުހުން ވަނީ މިހާރު އެސަރަޙައްދަގައި ހަރަކާތްތެރިވާން ފަށާފައެވެ. އައިއެމްޔޫ ގައި އެވަގުތު ތިބި މީހުން ހުސްކޮށްފައިވާއިރު، މިއަދުގެ ކްލާސްތައް ކެންސަލް ކޮށްފައިވާ ކަމަށާއި އެެއްވެސް މީހަކު އެސަރަޙައްދަށް ނުދިޔުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ބައިނަލްްއަގްވާމީ ފެންވަރެއްގައި މެޑިސިން އާއި ހެލްތްކެއާ އުގަންނައިދޭ މިޔުނިވާސިޓީގައި ބައެއް ދިވެހިން ވެސް ތައުލީމް ހާސިލް ކުރަމުންދެއެވެ.