މާޅޮސް ބަލިކޮށް މާރެސް އަތޮޅު ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ގޮއިދޫ ދިފާޢުކޮށްފި

ކިޔުމަށް ހޭދަވާނީ 2މ 49ސ
މާޅޮސް ބަލިކޮށް މާރެސް އަތޮޅު ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ގޮއިދޫ ދިފާޢުކޮށްފި

ބ. މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރްމެންޓް ސޮސައިޓީ (މާރެސް) އިން ބާއްވާ "މާރެސް އަތޮޅު ވޮލީ މުބާރާތު"ގެ ޗެމްޕިއަންކަން ސީދާ 3 ސެޓުން މާޅޮސް ބަލިކޮށް ގޮއިދޫ ދިފާޢުކޮށްފިއެވެ.

ފިރިހެން ޑިވިޜަންގެ އެޓީމުން ޗެމްޕިއަންކަން ދިފާޢުކުރީ މިއަދު ކުޅުނު ފައިނަލު 25،20 / 25،23 އަދި 25،21 ކާމިޔާބުކޮށްގެންނެވެ.

މިދިޔަ އަހަރުގެ ފައިނަލުގައިވެސް މި ދެޓީމު ބައްދަލުކޮށްފައިވާ އިރު، މިއަދުގެ މެޗުގައި ދެޓީމުންވެސް ވަނީ ވާދަވެރި ކުޅުމެއް ދައްކާފައެވެ.

ފައިނަލުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ގޮއިދޫގެ ޖާރޒީ ނަމްބަރ 8 އިބްރާހިމް ފަލާޙުއެވެ.

މި މުބާރާތުގެ އެންމެމޮޅު 6 ކުޅުންތެރިންނަކީ ހޮވުނީ މާޅޮސް ޓީމުގެ ޖާރޒީ ނަމްބަރު 10 އަޝްފާޤް އާދަމް އާއި ކަމަދޫ ޓީމުގެ ޖާރޒީ ނަމްބަރު 17 ރިޟްވާން މުޙައްމަދާއި ކުޑަރިކިލު ޓީމުގެ ޖާރޒީ ނަމްބަރު 7 ޝާއިން އާއި ގޮއިދޫ ޓީމުގެ ޖާރޒީ ނަމްބަރު 11 ސާދާތް ޒަކީ، ޖާރޒީ ނަމްބަރު 8 އިބްރާހިމް ފަލާޙް އަދި ޖާރޒީ ނަމްބަރު 9 އަކްރަމް ޢަބްދުﷲއެވެ. 

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގޮއިދޫ ޓީމުގެ ސެޓަރ ޖާރޒީ ނަމްބަރު 11 ސާދާތް ޒަކީއެވެ.

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 15,000/= ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅާފައެވެ. 

މާރެސް ޖަމިއްޔާ އިން އެ އަތޮޅަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ މިއަހަރުގެ ސްޕޮންސަރުންނަކީ ރެޑް ވޭވް އަދި ބޭންކް އޮފް މޯލްޑިވްސްއެވެ. 

މިއަހަރުގެ މުބާރާތުގައި ވާދަކޮށްފައިވަނީ ގޮއިދޫ، މާޅޮސް، ދަރަވަންދޫ ،ކުޑަރިކިލު، ކަމަދޫ އަދި ދޮންފަނެވެ. 

ސީދާ 3 ސެޓުން މާޅޮސް ބަލިކޮށް މާރެސް އަތޮޅު ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ގޮއިދޫ ދިފާޢުކޮށްފި

ބ. މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރްމެންޓް ސޮސައިޓީ (މާރެސް) އިން ބާއްވާ " މާރެސް އަތޮޅު ވޮލީ މުބާރާތު"ގެ ޗެމްޕިއަންކަން ސީދާ 3 ސެޓުން މާޅޮސް ބަލިކޮށް ގޮއިދޫ ދިފާޢުކޮށްފިއެވެ.

ފިރިހެން ޑިވިޜަންގެ އެޓީމުން ޗެމްޕިއަންކަން ދިފާޢުކުރީ މިއަދު ކުޅުނު ފައިނަލު 25،20 / 25،23 އަދި 25،21 ކާމިޔާބުކޮށްގެންނެވެ. 

މިދިޔަ އަހަރުގެ ފައިނަލުގައިވެސް މި ދެޓީމު ބައްދަލުކޮށްފައިވާ އިރު، މިއަދުގެ މެޗުގައި ދެޓީމުންވެސް ވަނީ ވާދަވެރި ކުޅުމެއް ދައްކާފައެވެ.

ފައިނަލުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ގޮއިދޫގެ ޖާރޒީ ނަމްބަރ 8 އިބްރާހިމް ފަލާޙުއެވެ.

މި މުބާރާތުގެ އެންމެމޮޅު 6 ކުޅުންތެރިންނަކީ ހޮވުނީ މާޅޮސް ޓީމުގެ ޖާރޒީ ނަމްބަރު 10 އަޝްފާޤް އާދަމް އާއި ކަމަދޫ ޓީމުގެ ޖާރޒީ ނަމްބަރު 17 ރިޟްވާން މުޙައްމަދާއި ކުޑަރިކިލު ޓީމުގެ ޖާރޒީ ނަމްބަރު 7 ޝާއިން އާއި ގޮއިދޫ ޓީމުގެ ޖާރޒީ ނަމްބަރު 11 ސާދާތް ޒަކީ، ޖާރޒީ ނަމްބަރު 8 އިބްރާހިމް ފަލާޙް އަދި ޖާރޒީ ނަމްބަރު 9 އަކްރަމް ޢަބްދުﷲއެވެ. 

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގޮއިދޫ ޓީމުގެ ސެޓަރ ޖާރޒީ ނަމްބަރު 11 ސާދާތް ޒަކީއެވެ. 

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 15,000/= ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅާފައެވެ. 

މާރެސް ޖަމިއްޔާ އިން އެ އަތޮޅަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ މިއަހަރުގެ ސްޕޮންސަރުންނަކީ ރެޑް ވޭވް އަދި ބޭންކް އޮފް މޯލްޑިވްސްއެވެ. 

މިއަހަރުގެ މުބާރާތުގައި ވާދަކޮށްފައިވަނީ ގޮއިދޫ، މާޅޮސް، ދަރަވަންދޫ ،ކުޑަރިކިލު، ކަމަދޫ އަދި ދޮންފަނެވެ. 

މިއަދު އޮންލައިން