އުރީދޫގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ނަޖީބް ޚާން އައްޔަންކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
އުރީދޫގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ނަޖީބް ޚާން އައްޔަންކޮށްފި

އުރީދޫ މޯލްޑިވްސް ޕލކ ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މިހާރުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ނަޖީބް ޚާން އައްޔަންކޮށްފިއެވެ.

މި މަގާމަށްނަޖީބް ޚާން އައްޔަންކޮށްފައިވަނީ، ކުންފުނީގެ ޗެއަރމަން އަދި މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޚާލިދް އިބްރާހީމް އ. އަލް-މަޙްމޫދު މަގާމުން ރިޓަޔަރކޮށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޚާލިދް އިބްރާހީމް އ. އަލް-މަޙްމޫދު ވަނީ  2012 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އުރީދޫ މޯލްޑިވްސްގެ ޗެއަރމަންގެ މަގާމް ފުރުއްވައި، އެކުންފުންޏަށް ވަރަށް ގިނަ ކުރިއެރުމާއި ކާމިޔާބީތައްހޯއްދަވައިދެއްވާފައެވެ. އެ މަނިކުފާނުގެ ޤާބިލް ލީޑަރޝިޕްގެ ދަށުން އުރީދޫ މޯލްޑިވްސް ވަނީ ޑިޖިޓަލައިޒޭޝަންގެ ރޮނގުން ވަރަށް ގިނަ ކާމިޔާބީތައް ހާސިލުކޮށް ދިވެހި މުޖުތަމަޢުގެ ދިރިއުޅުން ފާގަތިކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.

އުރީދޫ މޯލްޑިވްސް އިން  ވަނީ މެނޭޖިންގ ޑިރެކްޓަރުގެ ގޮތުގައި އައްޔަންކޮށްފައިވާ ނަޖީބް ޚާންއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. އަދި ޑިޖިޓަލައިޒޭޝަންގެ ރޮނގުން އިތުރު ކުރިއެރުންތައް ހޯއްދަވައި،ދިވެހި މުޖުތަމަޢުގެ ލާބަޔާ މަންފާއަށް  މަސައްކަތްކޮށް ދެއްވާނެކަން ޔަގީންކުރާކަމަށްވެސް އުރީދޫ އިން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން