ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ ގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓުން (އެފްއައިޔޫ)، ބައިނަލްއަގުވާމީ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓްތަކާއި ބެހޭ އެގްމޮންޓް ގްރޫޕްގައި ބައިވެރިވުމުގެ ޝަރުތު ހަމަވޭތޯ ބެލުމަށް ބަންގްލަދޭޝް އާއި ލަންކާގެ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
އެގްމޮންޓް ގްރޫޕްގައި ރާއްޖެ ބައިވެރިވުމަށް އެމްއެމްއޭއިމް މަސައްކަތް ފަށާފައިވާއިރު ސްރީލަންކާ އާއި ބަންގްލަދޭޝްގެ އެފްއައިޔޫއިން ވަނީ ރާއްޖޭގެ އެފްއައިޔޫ ސްޕޮންސަކޮށްފައެވެ.

ދުނިޔޭގެ 159 ގައުމެއްގެ އެފްއައިޔޫ ބައިވެރިވެފައިވާ އެގްމޮންޓް ގްރޫޕްގައި ރާއްޖެ ބައިވެރިވުމުގެ ޝަރުތުތައް ފުރިހަމަތޯ ބެލުމަށް އައި ޓީމާއި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު އަދި އެފްއައިޔޫގެ ހެޑް އިބްރާހިމް އަހުމަދު ނާސިރު ވަނީ ބައްދަލުކުރައްވާފައެވެ.
ރާއްޖޭގެ އެފްއައިޔޫ މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.