ކިޑްސް ފިއެސްޓާގެ ކުޅުން ފަށައިފި

ކިޔުމަށް ހޭދަވާނީ 44ސ
ކިޑްސް ފިއެސްޓާގެ ކުޅުން ފަށައިފި

ކިޑްސް ފިއެސްޓާގެ ކުޅުން ފަށައިފިއެވެ.

ސޮކަރ ވެޓަރަންސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި ފިއެސްޓާއަކީ ގްރޭޑް ހަތަރެއް އަދި ފަހެއްގެ ދަރިވަރުންނަށް ބާއްވާ ފިއެސްޓާއެކެވެ.

ހެންވޭރު ދަނޑުގައި މިއަދު ފެށި މި ފިއެސްޓާގައި 641 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަދި ގްރޭޑް ހަތަރެއްގެ ޢުމުރުފުރާއިން މާލޭގެ 19 ސްކޫލަކުންނާއި ގްރޭޑް ފަހެއްގެ ޢުމުރުފުރާއިން 17 ސްކޫލެއް ވަނީ ބައިވެރިވެފައެވެ.

މި ފިއެސްޓާ މިއަދު މިފެށީ ކުރިން ފަށަން އޮތް ތާރީޚަށްވުރެ ފަސްކޮށެވެ. އެއީ ސަރުކާރުން ގެންގުޅޭ ދުޅަހެޔޮ ހަށިހެޔޮ ސިއްހަތާއި ގުޅޭ މެނިފެސްޓޯގެދަށުން ހަކުރު ހިމެނޭ ބުއިންތަކުގެ އިޝްތިހާރު ނުކުރެވޭނެގޮތަށް ހަމަޖައްސާފައިވާތީއެވެ.

މި ފިއެސްޓާ މީގެ ކުރިން ސްޕޮންސަރކޮށްފައިވަނީ މައިލޯ އިންނެވެ. ނަމަވެސް މިއަހަރުގެ މުބާރާތް ސްޕޮންސަރކޮށްފައިވަނީ ޑެވަންޑޭލް އެވެ.

މިއަދު އޮންލައިން