ފައިނަލްގެ ފުރަތަމަ ޖާގަ މާފުށީ ޖަލު ޓީމް ކަށަވަރުކޮށްފި

ކިޔުމަށް ހޭދަވާނީ 30ސ
ފައިނަލްގެ ފުރަތަމަ ޖާގަ މާފުށީ ޖަލު ޓީމް ކަށަވަރުކޮށްފި

މިހާރު ފެށިގެން ކުރިއަށްދާ ޕީއާރުސީ ވޮލީބޯލް ޓޯރނަމެންޓް 2019 ގެ ފައިނަލްގެ ފުރަތަމަ ޖާގަ މާފުށީ ޖަލު ޓީމް ކަށަވަރުކޮށްފި އެވެ.

މާފުށި ޖަލު ޓީމް ފައިނަލަށް ދަތުރުކުރި ރޭ މާލެ ޖަލާ ޓީމް ދެކޮޅަށް ކުޅެ 3 ސެޓު 0 ސެޓުގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

 

މީގެއިތުރުން މާފުށީ ޖަލު ޓީމް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު 4 މެޗު ކާމިޔާބުކޮށް މުބާރާތުގެ ލީގު ޗެމްޕިއަންކަން ވެސް ހޯދާފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ރޭގެ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ މާފުށީ ޖަލުގެ ޓީމް ޖަރޒީ ނަމްބަރު 8 މުހައްމަދު ޝަރީފް އެވެ.

މިއަދު އޮންލައިން