އިސްލާމީ ޤައުމުތަކުގެ ތެރޭގައި ހިމެނޭ މެސިޔާގެ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ފުރަތަމަ ފަހަރަށް އަނހެނަކު ހަމަޖައްސައިފިއެވެ. އެ މަޤާމަށް ހަމަޖަސާފައިވަނީ ޖުލައި މަހުގެ 2 ވަނަ ދުވަހު އުމުރުން 60 އަހަރު ފުރޭ ޓެންކޫ މައިމޫން ބިންތި ޓުއާން މަޓް އެވެ.
އެކަމަނާ ވަނީ 1982 ވަނަ އަހަރު ޔުނިވަރސިޓީ އޮފް މެލޭސިޔާއިން އެލް.އެލް.ބީ ޙާޞިލު ކުރައްވައިފައެވެ. އަދި ހަމަ އެއަހަރު ލީގަލް އެސިސްޓެންޓެއްގެ ގޮތުނަ މަސައްކަތްކުރަން ފެށި ޓެންކޫ މައިމޫން ވަނީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ އިސް މަޤާމްތައް އަދާކުރުމުގެ އިތުރުން ބައެއް ކޯޓްތަކުގެ ފަނޑިޔާރުކަންވެސް ކޮށްފައެވެ. އެއިގެ ތެރޭގައި ކޯޓް އޮފް އެޕީލް ވެސް ހިމެނެއެވެ.

ޓެންކޫ މައިމޫން، އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ހަމަޖެއްސީ ކުރިން ހުންނެވި އުއްތަމަ ފަނޑިޔާރު ރިޗަރޑް މަލަންޖުމް އެޕރިލް މަހު މަޤާމުން ރިޓަޔަރ ކުރެއްވުމުން ބޮޑުވަޒީރު މަހާތީރުގެ އެދިވަޑައިގަތުމަކަށް މެލޭސިޔާގެ ރަސްގެފާނެވެ. މެލޭސިޔާގައި ފަނޑިޔާރުން ރިޓުޔަރ ކުރާ އުމުރަކީ 66 އަހަރެވެ. އެހެންކަމުން ކުރިއަށް އޮތް 6 އަހަރު ޓެންކޫ މައިމޫން އަށް މަޤާމުގައި ހުންނެވޭނެއެވެ.