ކްލަބު މޯލްޑިވްސް މުބާރާތުގައި ހިމެނޭ އެއިޓީން ތާރޓީ ވިމެންސް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ޕޮލިސް ކްލަބު ބަލިކޮށް އެމްޕީއެލް ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދައިފިއެވެ.
އެޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި 4 ލަނޑު 3 ލަނޑުން ޕޮލިސް ކްލަބު ބަލިކޮށްގެންނެވެ.
ފައިނަލު މެޗުގައި ޕޮލިސް ޓީމުގެ ޝީނީޒް މުޙައްމަދު ވަނީ ގޯލެއް ޖަހާ ޕޮލިސް ޓީމަށް ލީޑުނަގައިދީފައެވެ.
އެހެންނަމަވެސް އެމްޕީއެލްގެ ފާތުމަތު ޖޫޒާން ޒަރީރު އާއި ފާތުމަތު ސާލިޔާ ވަނީ ގޯލުޖަހާ އެޓީމަށް ލީޑު ނަގައިދީފައެވެ. މީގެ ތެރެއިން ޖޫޒާން ވަނީ 2 ގޯލު ޖަހާފައެވެ.
ޕޮލިސް ޓީމުން ނަތީޖާ ހަމަކުރީ ފާތިމަތު ޒާހިރާ އާއި ބިދޭސީ ކުޅުންތެރިޔާ ސަވިތުރީ މަމްޔާލީ ޖަހައިދިން ލަނޑުންނެވެ.
އެމްޕީއެލްއަށް ޗެމްޕިއަންކަން ޔަޤީންކޮށްދިން ގޯލު ޖެހީ ޖޫޒާންއެވެ. މިއީ މި މެޗުގައި އޭނާ ޖެހި 3 ވަނަ ގޯލެވެ.
މި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު އެމްޕީއެލްގެ ސާލިޔާ ހޯދި އިރު، އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަޤާމު 16 ގޯލު ޖަހައިގެން ހޯދީ ޕޮލިސް ކްލަބުގެ ސަކޫނާއެވެ. އަދި ފެއާރޕްލޭ ކުޅުންތެރިއަކަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބުގެ މަރިޔަމް ރިފާއެވެ.