ޕްރިންސް ހެރީ އާއި މޭގަން އަށް ފިރިހެން ކުއްޖެއް ލިބިއްޖެ!

ކިޔުމަށް ހޭދަވާނީ 50ސ
ޕްރިންސް ހެރީ އާއި މޭގަން އަށް ފިރިހެން ކުއްޖެއް ލިބިއްޖެ!

އިނގިރޭސިވިލާތުގެ ރާނީގެ ދެވަނަ މާމަ ދަރި ޕްރިންސް ހެރީ އާއި އޭނާގެ އަނބިކަބަލުން މޭގަން މާކްލް އަށް ފިރިހެން ދަރިކަލަކު ލިބިއްޖެއެވެ. 

އަލަތު ދަރިކަލުން އުފަންވުމުގެ ޚަބަރު އިއުލާނު ކުރައްވަމުން ޕްރިންސް ހެރީ ވިދާޅުވީ، އެދެމަފިރިންގެ ދަރިކަލުން އުފަންވެ ވަޑައިގަތީ އެޤައުމަށް މިއަދު ހެނދުނުގެ ވަގުތަކު ކަމަށާއި، މޭގަން އާއި ތުއްތު ދަރިކަލުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. 

އުފަންވީއިރު ބަރުދަނުގައި 3 ކިލޯ 26 ގުރާމު ހުރި އެދަރިކަލުންނަށް ދޭނެ ނަމެއް ޕްރިންސް ހެރީ އަދި އިއުލާނެއް ނުކުރެއެވެ. 

އެކުއްޖާއަކީ ރާނީ އާއި ޕްރިންސް ފިލިޕްގެ އަށްވަނަ މުނިމާނަ ދަރިކަލުންނެވެ. އަދި ޝާހީ ތަހުތު ލިބުމަށް ހަތްވަނަ އަށް ހުރި ދަރިކަލުން ވެސް މެއެވެ. 

ޝާޙީ އާއިލާގެ ސަޤާފަތާއި ޚިލާފަށް، ތުއްތު ދަރިކަލުން އުފަންވެ ވަޑައިގެންފައިވަނީ ހޮސްޕިޓަލަކު ނޫނެވެ. އެދެމަފިރިން ދިރިއުޅުއްވާ ގަނޑުވަރުކޮޅު ކަމަށްވާ ފްރޮގްމޯރ ކޮޓެޖް ގައެވެ.

މިއަދު އޮންލައިން