ގޯލްޑަން ފުޓްސަލް ޗެލެންޖު މިއަހަރުގެ ސެޕްޓެމްބަރ މަހު ބާއްވަނީ..

ކިޔުމަށް ހޭދަވާނީ 39ސ
ގޯލްޑަން ފުޓްސަލް ޗެލެންޖު މިއަހަރުގެ ސެޕްޓެމްބަރ މަހު ބާއްވަނީ..

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ "ގޮލްޑަން ފުޓްސަލް ޗެލެންޖު" މިއަހަރުގެ ސެޕްޓެމްބަރ މަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

އެ އެސޯސިއޭޝަނުން ބުނީ މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި މިހާރު ހަމަވެފައިވާ ކަމަށެވެ. އަދި މިއަހަރު 50 އަށްވުރެ ގިނަ ޓީމު ބައިވެރިވެފައިވާ ކަމަށެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން މި މުބާރާތް ހުޅުމާލޭގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ފާއިތުވި އަހަރުތަކުގައި ބޭއްވީ މާލޭގައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 60,000/- ރުފިޔާ ދޭ އިރު، ރަނަރ-އަޕް ޓީމަށް ދެނީ 25,000/- ރުފިޔާ އެވެ.

ފައިބެއަހަރުގެ  ޗެމްޕިއަން ޓީމަކީ މާލޭ މާފަންނު ޓީމެވެ.

 
މިއަދު އޮންލައިން