ޤަތަރުން ފަލަސްޠީނުގެ ވެސްޓް ބޭންކަށާ ޣާޒާއަށް 480 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ނިންނައިފިއެވެ. އެއިގެ ތެރެއިން 300 މިލިއަން ޑޮލަރު ޚަރަދުކުރަން ހަމަޖެހިފައިވަނީ ޞިއްހަތާއި ތައުލީމަށެވެ. ނަމަވެސް އަނެއް 180 މިލިއަން ޑޮލަރު ޚަރަދުކުރަން ހަމަޖެހިފައިވަނީ އެމެރިކާއަށް ފައިދާވާ ގޮތަށް އަދ އިން ޣާޒާގެ ކަރަންޓު ރަނގަޅު ކުރުމަށް ހިންގާ މަޝްރޫއަށެވެ.
ޤަތަރުން ބުނީ ފަލަސްޠީނުގެ ކަންކަން ރަނގަޅުކުރަން އެހީތެރިވެދޭން އަބަދުވެސް ބޭނުންވާ ކަމަށެވެ. އަދި އެކަމަށް އަބަދުވެސް އެހިތެރިވެދެމުން ގެންދާނެއެވެ. ފަލަސްޠީނުން ވަނީ ޤަތަރުގެ މި އެހީތެރިކަން ބަލައި ގަނެ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.
އިއްޔެއިން ސުރެ އިޒްރޭލުން ވަނީ "ބުޅާ ތެތް މަސް ނުކާން" ވީ ވައުދު ފަދަ އެއްބަސްވުމެއް އަނެއްކާވެސްވެ ޣާޒާ ފުނފުނޑުކުރުން މިވަގުތަށް ހުއްޓާލައިފައެވެ.