ރޯދަ ވީއްލަން އަހަރުމެންނަށް މީރު ކާނާ ލިބޭއިރު، މިއީ ސީރިއާގެ އާއިލާއެއް ރޯދަ ވީއްލާ ގޮތް!

ކިޔުމަށް ހޭދަވާނީ 56ސ
ރޯދަ ވީއްލަން އަހަރުމެންނަށް މީރު ކާނާ ލިބޭއިރު، މިއީ ސީރިއާގެ އާއިލާއެއް ރޯދަ ވީއްލާ ގޮތް!

ބަރަކާތްތެރި ރަމަޟާންމަސް ފެށިގެން މިއަދަކީ ތިން ވަނަ ދުވަހެވެ. ފާއިތުވީ ދެ ދުވަހުވެސް މީރު ކާނާތަކުން މޭޒުމަތި ފުރާލާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާ ގައި ވަނީ ދައުރުވެފައެވެ.

މިފަދަ ފޮޓޯތައް ދައުރުކުރާއިރު، އެފަދަ ނަސީބެއް މިންވަރު ނުކުރައްވާ ވެސް ބަޔަކު ތިބެދާނެ ކަމާމެދު އަހަރުމެންގެ ތެރެއިން ބައެއް މީހުންނަށް ވިސްނާ ނުލެވެނީއެވެ.

ފޮޓޯއިން ތިޔަ ފެންނަނީ ވެސް ސޯޝަލް މީޑިއާގައި ދައުރުވި މަންޒަރެކެވެ. ސީރިއާގެ އާއިލާއެއް، ރޯދަ ވީއްލުމަށް ތައްޔާރު ކޮށްފައިވާ ކާނާއެވެ. ކާނާގެ ގޮތުގައި ހުރީ ފިހެފައި ހުރި ރޮށިތަކަކާއި ރޯ ފިޔާތަކެކެވެ. ދެއްވި ނިއުމަތަށް ޙަމްދު ކުރަމުން، އެބައިމީހުން އެތަކެތި ކާން އުޅޭ މަންޒަރުވެސް ފެނެއެވެ.

އެމީހުންގެ ހާލަތު ހުރި ގޮތް ވަރަށް ރަނގަޅަށް މިފޯޓޯއިން ހާމަވެއެވެ. ކޮންމެ ރޯދަ މަހަކާއި ދިމާކޮށް އެޤައުމަށާއި، ޤާޒާ އަދި ފަލަސްތީނަށް ދޭ ހަމަލާތަކުގެ ސަަބަބުން، އެތައް މުސްލިމުންނެއް ވަނީ ބިކަ ހާލުގައި ޖެހިފައެވެ. ކޮންމެ ރަމަޟާން މަހަކު، އެޤައުމުތަކުގެ މުސްލިމުން ރޯދަ ހިފަނީ، ނުހަނު ދަތި ހާލުގައި އެހެންނަމަވެސް ވަރަށް ކެތްތެރިކަމާއިއެކު މާތް ﷲ އަށް ޙަމްދުކުރާ ހާލުގައެވެ.

މިއަދު އޮންލައިން