ހުޅުމާލެ ގަ ކާރެއް ކޮންޓްރޯލް ނުވެގެން ގަސްތަކު ތެރެއަށް !!

ކިޔުމަށް ހޭދަވާނީ 30ސ
ހުޅުމާލެ ގަ ކާރެއް ކޮންޓްރޯލް ނުވެގެން  ގަސްތަކު ތެރެއަށް !!

މިއަދު ހެނދުނު 7:02 ހާއިރު ހުޅުމާލެ ރީތިގަސް މަގު ސަހަރާ ކައިރިން ދުއްވާފައި

ދިޔަ ކާރު ކޮންޓްރޯލު ނުވެގެން އެ ސަރަހައްދުގެ ގަސްތަކުގެ ތެރެއަށް ވަދެއްޖެއެވެ.

ފުލުހުން ބުނީ  މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށެވެ.

މި ހާދިސާ ހިނގިއިރު ކާރުގައި އިނީ ޑްރައިވަރު އެކަނިއެވެ.

އޭނާއަށް އަނިޔާއެއް ނުވެ ސަލާމަތްވި ނަމަވެސް ކާރުގެ ކުރީ ބަފަރު ވަނީ ނެއްޓިފައެވެ. 

ކާރުގެ ޑްރައިވަރު އަތުގަ ލައިސަންސް އޮތްފަރާތެއް ކަމަށް ފުލުހުން ބުނިއެވެ.

އަދި މި ހާދިސާ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ.

 

މިއަދު އޮންލައިން