ލަންކާގެ ގިނަ އަދަދެއްގެ މުސްލިމުން ރޯދަ ހިފޭނެ ފަދަ ނެތި މަގުމަތީގަ! ސަރުކާރަށް އެއްވެސް އިތުބާރެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ލަންކާގެ ގިނަ އަދަދެއްގެ މުސްލިމުން ރޯދަ ހިފޭނެ ފަދަ ނެތި މަގުމަތީގަ! ސަރުކާރަށް އެއްވެސް އިތުބާރެއް ނެތް!

ބަރަކާތްތެރި ރަމަޟާން ަމސް ފެށިގެން ކުރިއަށްދާއިރު އަވަށްޓެރި ސްރީ ލަންކާގެ އެތައް ހާސް މުސްލިމުން އެތިބީ މަގުމަތިވެފައެވެ. ހައިހޫނުކަމުގައެވެ. ރޯދަހިފޭނެ ފަދަ ނެތިފައެވެ.

ލަންކާގެ މުސްލިމުންނަށް އަބަދުވެސް ގޭންގުތައް މެދުވެރިކޮށް ބޮޑެތި ގެއްލުންތައް ދެނީ ސަރުކާރުން އަޑީގައި ތިބެ ހާމުދުރުން މެދުވެރިކޮށެވެ. މިޔަންމާ މައްސަލަ މަޝްހޫރުވީ އެއްފަހަހަރާ މާގިނަ ބައަކު މަރައި އަންދައި ހެދުމުންނެވެ. ލަންކާގެ މައްސަލަ އަކީ އެއްވެސް ތަފާތެއް އޮތް މައްސލައެއް ނޫނެވެ. ކުރަނީ ހަމަ މިޔަންމާ ސަރުކާރުން ވެސް ހާމުދުރުންނާއި ގޭންގުތައް ލައްވައި ކުރުވި ކަންކަމެވެ.

މިއަދު އޮންލައިން