ތިމަރަފުށީގަ ވެހިކަލަކުން ޖައްސައި ކޯމާއަށް ފޮނުވައިލި އަންހެން މީހާ ނިޔާވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ތިމަރަފުށީގަ ވެހިކަލަކުން ޖައްސައި ކޯމާއަށް ފޮނުވައިލި އަންހެން މީހާ ނިޔާވެއްޖެ

ތިމަރަފުށީގައި ބާރު ސްޕީޑްގައި ދުއްވާފައި ގޮސް ވެހިކަލުން ޖައްސައި ކޯމާއަށް ފޮނުވައިލި އަންހެން މީހާ ރޭ ނިޔާވެއްޖެއެވެ. ފުލުހުން ބުނީ އޭނާ ނިޔާވީ ކޯމާގައި އޮވެ ކަމަށެވެ.

މާރިޗް މަހުގެ ތެރޭގައި ދިން މި އަނިޔާ އާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދުމަށްފަހު ސްރީ ލަންކާއިން ލިބޭނެ ފަރުވާ މާ ފުރިހަމަވާނެ ކަމަށް އުންމީދުކޮށް ޢާއިލާއިން ވަނީ އޭނާ ސްރީލަންކާއަށް ގެންގޮސްފައެވެ.

މިއަނިޔާ ދިން ޑްރައިވަރުގެ މައްސލަ ތަޙްޤީޤް ކުރުމަށްފަހު ދައުވާ ކުރުމަށް ވަނީ ތ. އަތޮޅު ޕީޖީ ގޮތްޕާއި ހަވާލުކޮށްފައި ކަމަށާއި ދައުވާކުރުމުގެ ކަންކަން ކުރިއަށްދާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ

މިއަދު އޮންލައިން