ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ކުއްޖަކަށް އަނިޔާވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ކުއްޖަކަށް އަނިޔާވެއްޖެ!

ކުޑަ ކުއްޖަކު ގޮވައިގެން މާލެ އިން ހުޅުމާލެ އަށް ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ހައިވޭގެ ފެންސްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި އެއް އަހަރާއި ނުވަ މަހުގެ ކުއްޖަކަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓްގައި ހިނގާފައިވަނީ މިއަދު ހަވީރު 6:44 އެހާކަން ހާއިރު އެއާޕޯޓް ރާޑަރު ކައިރިންނެވެ. މިހާދިސާ ކުޑަ ކުއްޖާގެ ބޮލުގެ ކަނާތްފަޅިން ތިން އިންޗި ވަރުގެ ތަންކޮޅެއް ވަނީ ފަޅައިގެން ގޮސްފައެވެ.

މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން 46 އަހަރުގެފިރިހެންމީހާގެ ދަތްދޮޅި އާއި ދެ ކަކޫ އަދި އުޅަބޮށި މަށައިގެން ގޮސްފައިވެ އެވެ.

މިއެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. 

މިއަދު އޮންލައިން