ކީރިތި ޤްރްއާނުގައި ބަޔާންވެގެން ނުވާ އެއްވެސް ކަމެއް ނެތެވެ. ހުރިހާ މައްސަލަތަކެއް ޙައްލު ކީރިތި ޤްރްއާނުގައި ﷲ ތަޢާލާ ވަނީ ބަޔާން ކުރައްވަވައިފައެވެ. ވީއިރު އެފޮތް ނުކިޔަވައި، އެއިގައިވާ އެއްޗެއް ނުއެނގި މައްސަލަތަކުގެ ޙައްލު ހޯދާނީ ކިހިނަކުންތޯއެވެ؟
ދެމަފިރިންގެ މައްސަލަތައް ހައްލުކުރާނެ ގޮތްތައް ބަޔާން ކުރައްވަވައި ވަކިން ސޫރަތެއް ވަނީ ބާވައި ލައްވަވައިފައެވެ. އެއީ ސޫރަތުއްނިސާއެވެ. ނިސާ ސޫރަތެވެ. އެހެންކަމާއިއެކުވެސް މި ސޫރަތުގެ އެންމެ އާޔަތެއްވެސް ނުކިޔަވައި މައްސަލަތައް ޙައްލުކުރަން ޤާނޫނު ހަދަން އަވަސްވެގަންނަ އަވަސްވެގަތުމާއިމެދު އަޅުގަނޑު ހަމަ ހައިރާންވަމެވެ.
ނިސާ ސޫރަތުގެ 19 ވަރައާޔަތަށް ބަލައިލި ނަމަވެސް މިކަމުގެ ހެކި ލިބިގެންދާނެއެވެ.

ފިރިން އަނބިންނާއިމެދު ކަންކަން ކުރަންޖެހޭނެ ގޮތާއި އަނބިން ފިރިންނާއިމެދު ކަންކަން ކުރަން ޖެހޭނެ ގޮތާއި ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހުމުން ޢަމަލުކުރަންވީ ގޮތް ކީރިތި ޤްރްއާނުގައި ﷲ ތަޢާލާ ވަނީ ބަޔާން ކުރައްވަވައިފައެވެ. ވީމާ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކުގެ ހައްލުވެސް ހޯދޭނީ ހަމަ ކީރިތި ޤްރްއާނުންނެވެ.
- މިރޭގެ އިޙްޔާ ފޯރަމްގައި ޝައިޚް އިލްޔާސް ޙުސައިން ދެއްވި ދަރުސުން