ކީރިތި ޤްރްއާނުގެ ހުރިހާ މުޞަޙަފްތައް އެކުގައި އަނދައިލި ނަމަވެސް ކީރިތި ޤްރްއާން ދެމިއޮންނާނެއެވެ. އެހެނީ އެތައް މިލިއަން ބައެއްގެ ހިތްތަކުގައި އެފޮތް އެބައޮތެވެ.
އިނގިރޭސީންގެ އިސްތިއުމާރުގެދަށުގައި އިންޑިއާ އޮތްއިރު ކީރިތި ޤްރުއާނުގެ މުޞްޙަފަތައް އެއްކުރުމަށްފަހު އަންދައިލިއެވެ. މަންޒަރު ބަލަން ހުރި މުސްކުޅި ބައްޕައަކު ބުނީ އޭނާގެ 9 އަހަރުގެ ދަރިފުޅުގެ ހިތުގައިވެސް ކީރިތި ޤްރްއާން އެބައޮތް ކަމަށެވެ. މިފަދަ އެތައް ކުދިން އެބަތިބި ކަމަށެވެ. އެހެންވީމާ ކީރިތި ޤްރްއާން ކަލޭމެން ނައްތައިލާނީ ކިހިނަކުން ހެއްޔެވެ؟
ކީރިތި ޤްރްއާން ނޫނީ 9 އަހަރުގެ ކުއްޖެގެ ހިތުގައި އޮތް އެފަދަ އެއްވެސް ފޮތެއް ނިކަން ދައްކައިބަލާށެވެ.
ކީރިތި ޤްރްއާނުގެ އެންމެ އަކުރަކަށްވެސް އަދި އެންމެ ފިއްޔަކަށްވެސް މިދުނިޔޭގެ ހަމަ އެކަކަށްވެސް އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ. ހަލާކުވެގެންދާނީ އެކަން ކުރަން އުޅޭ މީހަކުކަން ތާރީޚް ވަނީ ދައްކައިދީފައެވެ. ކީރިތި ޤްރުއާނަށް އެއްވެސް ބަދަލެއް ނުގެނެވޭނެކަމާއި އެފޮތް ހިމާޔަތްކުރައްވަވާނެ ކަމަށް ﷲ ތަޢާލާ ވަނީ ބަޔާން ކުރައްވަވައިފައެވެ. އެއީ ހަމަ އެކަނި ކީރިތި ޤްރުއާނަށް ލިބިގެންވާ ޝަރަފެކެވެ.
ކީރިތި ޤްރުއާން ބާވައިލައްވަވާފައިވަނީ ކުރިން ބާވައިލެއްވެވި ހުރިހާ ފޮތެއްގެ މައްޗަށް ވެރިވާ ފޮތެއްގެ ގޮތުގައެވެ.
- މިރޭގެ އިހްޔާ ޕްރޮގްރާމްގައި ޝައިޚް އިލްޔާސް ހުސައިން ދެއްވި ދަރުސުން