ޤްރްއާން ޖަހައިގެން ޣައިރު މުސްލިމުން ޝިފާ ހޯދަމުންދާއިރު އަހަރެމެން މިތިބީ ކޮންތާކު؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ޤްރްއާން ޖަހައިގެން ޣައިރު މުސްލިމުން ޝިފާ ހޯދަމުންދާއިރު އަހަރެމެން މިތިބީ ކޮންތާކު؟

ކީރިތި ޤްރްއާނުގެ ފުރަތަމަ ސޫރަތް ކަމުގައިވާ އަލްހަމްދުގެ އެއް މާނައަކީ ޝިފާއެވެ. އިންސާނުންގެ ހިތްތަކަށްވާ ޝިފާއެވެ. ބަލިތަކަށްވާ ޝިފާއެވެ. 

ކީރިތި ޤްރްއާނަކީ އެންމެހައި ބަލިތަކަށް އޮތް ޝިފާއެކެވެ. ﷲ ތަޢާލާ ވަނީ އެކަން ބަޔާންކޮށްދެއްވަވައިފައެވެ. ސުވާލަކީ އެކަން އަޅުގަނޑުމެން ޤަބޫލުކުރަމުތޯއެވެ؟ ނިކަން ވިސްނައިބަލާށެވެ. މިއަދު ބައެއް ޤައުމުތަކުގައި ޣައިރު މުސްލިމުން ބަލިމީހުންގެ ގާތު ކީރިތި ޤްރްޢާން ޖަހައި އަޑުއިއްވައިގެން ޝިފާ ހޯދަމުން އެބަ ގެންދެއެވެ. އަޅުގަނޑުމެން މިތިބީ ކޮންތަނެއްގައިތޯއެވެ؟ 

ރުޤްޔާ ކުރާއިރު ބައެއް މީހުންގެ މައްސަލައަކީ ކީރިތި ޤްރުއާނަށް އީމާންނުވެ މީހަކަށް އީމާންވާކަމެވެ. ކީރިތި ޤްރްއާނަކީ ކިޔަވަން އޮތް ފޮތެކެވެ. އަޅުގަނޑުމެން ކިޔެވުމުން ޝިފާ ނުލިބެންވީ ކީއްވެގެން ހެއްޔެވެ؟ ކިޔެވުމުން ޝިފާ ލިބޭނެކަން ކީރިތި ޤްރުއާނުގައި ވަނީ ވަޙީ ކުރައްވަވައިފައެވެ. ސުވާލަކީ އެމީހުން ކިޔެވީމާ ޝިފާ ލިބިފައި އަހަރެމެން ކިޔެވީމާ ޝިފާ ނުލިބެންވީ ކީއްވެގެން ހެއްޔެވެ؟ 

"ރުޤްޔާ ޝަރީޢާ އެވެ ކިޔައިގެން ބައެއް މީހުން އީމާންވަނީ އެކަން ކުރާ މީހާއަށް. އަޅުގަނޑު ދެކެ ބައެއް ބޭފުޅުން ކޯފާވެސް ވެދާނެ. ނަމަވެސް އަޅުގަނޑު ހަމަ ހައިރާންވެ އަންތަރީސްވޭ. އެމީހުން ކިޔެވީމަ ޝިފާ ލިބިފަ އަޅުގަނޑުމެން ކިޔެވީމަ ކީއްވެ ޝިފާ ނުލިބެންވީ އެމީހުންގެ މޮޅުކަންތޯ؟ ނޫނީ ކީރިތި ޤްރްއާނުގެ މޮޅުކަންތޯ؟ ހަމަ ޔަޤީނުންވެސް ކީރިތި ޤްރްއާނުގެ މޮޅުކަން. ހިންގަވާ އަޅުގަނޑުމެން ކިޔަވަމާ!" 

 

- މިރޭގެ އިޙްޔާ ފޯރަމްގައި ޝައިޚް އިލްޔާސް ޙުސައިން ދެއްވި ދަރުސުން

 

މިއަދު އޮންލައިން