ކާފިރަކު ޤްރުއާން ކިޔެވުމުން ކެންސަރު ބަލިން ސަލާމަތްވެ ފައިބުރިކޮށްލަން ނުޖެހުނު ގޮތުގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ކާފިރަކު ޤްރުއާން ކިޔެވުމުން ކެންސަރު ބަލިން ސަލާމަތްވެ ފައިބުރިކޮށްލަން ނުޖެހުނު ގޮތުގެ ވާހަކަ!

ކެންސަރު ބަލީގައި އިންޑޮނޭސިޔާގެ ހޮސްޕިޓަލެއްގައި އޮތް ބަލި މީހެއްގެ ފައި ރަނގަޅު ކުރެވޭނެ އެއްވެސް ގޮތެއް ނެތިގެން ބުރިކޮށްލަން ނިންމިއެވެ. ޑޮކްޓަރުން ބުނީ އޭނާގެ ފުރާނަ ސަލާމަތްކުރެވެން އޮތް ހަމައެކަނި ގޮތަކީ ފައިގެ ކަކުލުހުޅުން މަތިން ބުރިކޮށްލުން ކަމަށެވެ.

އެކަމާއި ދެރަވެ އެނދުމަތީގައި ރޯން އިންދައި މުސްލިމް ނަރުސް ކުއްޖަކު އައިސް ކީރިތި ޤްރުއާނަކީ ހުރިހާ ބަލިތަކަށް އޮތް ޝިފާއެއް ކަމަށް ޢިލްމުވެރިން ވިދާޅުވާ ކަމަށްބުނެ ކީރިތި ޤްރްއާން ކިޔަވަން އޭނާއަށް ހިތްވަރު ދިނެވެ. އަދި އޭނާ ފެންވަރުވައި ނަރުސް ކުއްޖާގެ އަޑުދަށުން އޭނާ ލައްވައި ކީރިތި ޤްރްއާން ކިޔުއްވިއެވެ. އިޚްލާޞްތެރިކަމާއިއެކު އޭނާ ކީރިތި ޤްރްއާން ކިޔެވިއެވެ. އޭނާއަކީ މުސްލިމަކަށް ވެސް ނުވާ ޙާލުގައެވެ. އަދި މިކިޔެވެނީ ކޮން އެއްޗެއްކަން ނުވެސް އެނގޭ ހާލުގައެވެ. 

އެއިގެ އެއް ހަފްތާ ފަހުން ޑޮކްޓަރުން އައިސް ޓެސްޓްތައް ހެދުމަށްފަހު ސުވާލުކުރީ އޭނާ ބޭނުންކުރި ބޭހާއިމެދުގައެވެ. އޭނާ ހޮސްޕިޓަލުން ނުކުމެ މިސްކިތަކަށް ގޮސް އިސްލާމްވިއެވެ. 

މިއީ ޙައިރާން ވާންވީ ކަމެއް ނޫނެވެ. ކުއްތާއަކަށް ފެންދިން ކާފަރު އަންހެނަކު ސުވަރުގެ ވެސް ވެއްދެވި ނޫން ހެއްޔެވެ؟ މީހަކަށް ލައްވަވާނެ ރަޙްމަތަކީ އެއްވެސް މީހަކަށް އެނގޭނެ އެއްޗެއް ނޫނެވެ! ބޭނުންވަނީ އިޚްލާޞްތެރިކަމެވެ.

މިއީ އޭނާ އިސްލާމްވި ސަބަބު ކަމަށް އޭނާ ހާމަކޮށްފައިވާ ގޮތެވެ.

މިރޭގެ އިހްޔާ ޕްރޮގްރާމުގައި ޝައިޚް އިލްޔާސް ޙުސައިން ދެއްވި ދަރުސުން

 

 

މިއަދު އޮންލައިން