ޤްރްއާނުގަ ބަޔާންވެގެން ނުވާ އެއްވެސް ޙައްޤެއް ދައްކައިފި ނަމަ އިސްލާމް ދީން ދޫކޮށް އެމީހެއްގެ ފަހަތުން ދުވާނަން: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
ޤްރްއާނުގަ ބަޔާންވެގެން ނުވާ އެއްވެސް ޙައްޤެއް ދައްކައިފި ނަމަ އިސްލާމް ދީން ދޫކޮށް އެމީހެއްގެ ފަހަތުން ދުވާނަން: ޝައިޚް އިލްޔާސް

ކީރިތި ޤްރްއާނުގައި ބަޔާންވެގެން ނުވާ އެއްވެސް ޙައްޤެއް، ޚާއްޞަކޮށް އިންސާނީ ޙައްޤެއް މީހަކު ދައްކައިފި ނަމަ އިސްލާމް ދީން ދޫކޮށްލާފައި އެމީހެއްގެ ފަހަތުން  އަޅުގަނޑު ދުވާނަމެވެ. "ކީއްކުރަންތޯ މިފަދަ އުނި ދީނެއްގައި (އިސްލާމް ދީނުގައި އެއްވެސް އުނިކަމެއް ހުރިނަމަ އެދީނުގައި) ހުންނަވީ؟" 

ކީރިތި ޤްރްއާނުގައި ﷲ ތައާލާ ވަނީ ހުރިހާ ކަންކަން ބަޔާން ކުރައްވަވައިފައެވެ. އުނި ނުވަތަ މަދުވާ ހަމަ އެއްވެސް ކަމެއް ނެތެވެ. އެފަދަ ކަމެއް އެއްވެސް މީހަކަށް ނުދެއްކޭނެއެވެ. 

(ޝައިޚް އިލްޔާސް މިމޭރުމުން ވިދާޅުވެ މުޅި ދުނިޔެއަށް ގޮންޖައްސަވާފައިވާއިރު ކީރިތި ޤްރްއާނުން އުނިކަންކަން ހޯދަން މިހައިތަނަށް މަސައްކަތްކޮށް، ބޮޑެތި ދިރާސާތައް ކުރި ގިނަ ބައަކު ވަނީ ކީރިތި ޤްރްއާނުގެ ފުރިހަކަން ޤަބޫލުކޮށް އިސްލާމްވެފައެވެ.) 

އިންސީންނާއި ޖިންނީން އެކުވެގެން ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް ކީރިތި ޤްރުއާނާއި އެއްފަދަ ފޮތެއް ނުގެނެވޭނެ ކަމަށް ﷲ ތަޢާލާ ވަނީ އެތައް އާޔަތެއްގައި ވަޙީ ކުރައްވަވައިފައެވެ. އެއިގެ ފަހުން 1400 އެތައް އަހަރެއް ފާއިތުވެގެން ދިއައިރުވެސް އެކަން ނުކުރެވި މިވަނީ ކީއްވެގެން ހެއްޔެވެ؟ ކިތަންމެ ގިނަ ބައަކު ގުޅިގެން ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް އެކަމެއް ނުދެއްކޭނބެއެވެ. އެކަން ﷲ ތަޢާލާ ވަނީ ބަޔާން ކުރައްވަވައިފައެވެ. އެއީ ހަމަ އެކަނި ކީރިތި ޤްރްއާނަށް ﷲ ތަޢާލާ ދެއްވަވާފައިވާ މަތިވެރިކަމެކެވެ. ޤިޔާމަތާއި ހަމައަށްވެސް އެކަން އެގޮތުގައި ދެމި އޮންނާނެއެވެ. އެއީ ﷲ ތަޢާލާގެ ވަޢުދު ބަސްފުޅެކެވެ. 

ﷲ ތަޢާލާ ވަނީ ކީރިތި ޤްރްއާން ހިތުދަސްކުރަން ފަސޭހަކޮށްދެއްވަވައިފައެވެ. ތުއްތު ކުދިންނަށް ކީރިތި ޤްރްއާން އެހައި ފަސޭހައިން ހިތުދަސްކުރެވެނީ އެހެންވެގެންނެވެ. އުމުރުން 9 ވަރަކަށް އަހަރުގެ ކުދިންނަށް ކީރިތި ޤްރްއާން އެހައި ފަސޭހައިން ހިތުދަސްކުރެވޭއިރު އެހެން އެއްވެސް ފޮތެއް އެއުމުރުގެ ކުދިންނަށް ދަސްކުރެވިފައެއް ނުވެއެވެ. 

(ހަމައެކަނި ކުޑަކުދިންނެއްވެސް ނޫނެވެ. ބައިބަލް ހިތުދަސް ހަމައެކަކުވެސް ދުނިޔޭގައި ހުރިކަން އެއްވެސް ގޮތަކުން އެނގޭކަށް ނެތެވެ. ދުނިޔޭގެ އާބާދީގައި ގިނައީ ކްރިސްޓިއަނުން ކަމަށްވާއިރުވެސްމެއެވެ.) 

ކީރިތި ޤްރްއާނަށް ލިބިފައިވާ އެއް މުޢްޖިޒާތަކީ ރިވެތި އަޑަކުން ކީރިތި ޤްރުއާން ކިޔަވާނަމަ ދުވަހަކުވެސް އަޑުއަހަން ފޫހި ނުވުމެވެ. އަބަދުވެސް އިތުރަށް އަޑުއަހަން ޝައުޤުވެރިވެވޭކަމެވެ. "މިއަދުގެ ހުޅަނގުގެ ޤައުމުތަކުގައިވެސް އެމެރިކާގައިވެސް ޣައިރު މުސްލިމުންނަށް ކީރިތި ޤްރްއާނުގެ އަޑު އިއްވުމަށްފަހު ކުރެވުނު އިޙްޞާޞްތަކާއިމެދު ސުވާލުކުރުމުން ވަރަށް ނައިސް ފީލިންގްސް އިޙްޞާޞްވިކަމަށް އެބަ ބުނޭ. އެހެން އެބުނަނީ މިއީ ކޮން އެއްޗެއްކަންވެސް ނުއެނގޭ ޣައިރު މުސްލިމުން." 

ކީރިތި ޤުރްއާނަށް ﷲ ތަޢާލާ ވަނީ ހިތްތަކުގެ ދިރުން ނުވަތަ ފުރާނައިގެ ނަމުން ނަން ދެއްވަވައިފައެވެ.  އެހެހެން ކަމުން އެއީ މުޅި އިންސާނިއްޔަތަށް އޮތް ދިރުމެކެވެ. ކޮންމެ ފަދަ ބައްޔެއް ޖެހިގެން ޑޮކްޓަރަށް ދެއްކި ނަމަވެސް ޑޮކްޓަރުން ފުރަތަމަ ކަށިގަނޑު އަޅާނީ ހިތުގައެވެ. ބަނޑުގައި ރިއްސާތީ ދާ މީހާގެ ވެސް ބަނޑަކު ނޫނެވެ. އެއީ އިންސާނާގެ ދިރިހުރުން ހިތާއި ގުޅިފައިވާތީއެވެ. 

އާދަމްގެފާނު އުފެއްދެވުމަށްފަހު ފުރާނަ އެޅުއްވެވީ ﷲ ތަޢާލާގެ ރޫޙްފުޅުން ފުމެލައްވަވައިގެންނެވެ. އެހެންކަމުން ކިތަންމެ ވަރަކަށް ތަރައްޤީވެ ކުރިއަރައިގެން ދިއަ ނަމަވެސް ފުރާނަ އެޅުވުމަކީ އެއްވެސް މީހަކަށް ނުވަތަ ބައަކަށް ކުރެވޭނެ ކަމެއް ނޫނެވެ.  

މިރޭގެ އިޙްޔާ ފޯރަމްގައި ޝައިޚް އިލްޔާސް ޙުސައިން ދެއްވި ދަރުސުން

 

މިއަދު އޮންލައިން