މިއަދުގެ ރެސިޕީ: ޗިޕްސް އެންޑް ނަޓްސް ފަޖް

ކިޔުމަށް ހޭދަވާނީ 53ސ
މިއަދުގެ ރެސިޕީ: ޗިޕްސް އެންޑް ނަޓްސް ފަޖް

ބޭނުންވާ ތަކެތި:

 

·   1 ޖޯޑު ޗޮކޮލެޓް ޗިޕްސް

 

·   1 ޖޯޑު ނަޓްސް (ކެޝޫ ކަޓްސް ނުވަތަ އެލްމޯންޑް ވެސް ރަނގަޅުވާނެ)

 

·   3 ޖޯޑު ހަކުރު

 

·  ¾ ޖޯޑު ބަޓަރު

 

·  3/2 ޖޯޑު ކިރު (ފުލް ކްރީމް)

 

·  1 ޕެކެޓު މާޝްމެލޯ (ދިޔާކޮށްފާ)

 

·  1 ސައިސަމުސާ ވެނީލާ އެސެންސް

 

ތައްޔާރު ކުރާނެ ގޮތް:

 

ތަވަޔަކަށް ބަޓަރާއި، ހަކުރު އަދި ކިރު އަޅާފަ، ބަޓަރުކޮޅު ވިރެންދެން އެއްކޮށްލާށެވެ. ދެން ކެއްކުން ހުއްޓާލުމަށްފަހު ތަވާގެ ތެރެއަށް ޗޮކޮލެޓް ޗިޕްސްކޮޅު އަޅާ މިކްސް ކޮށްލާށެވެ. ރަނގަޅަށް މިކްސްވުމުން ބާކީ ހުރި ތަކެތިވެސް އަޅާ މިކްސް ކޮށްލާށެވެ. ދެން ޓްރޭއަކަށް އެޅުމަށްފަހު ހިހޫ ވުމުން ހަތަރެސްކަން ގޮޅިއަށް ކަފާށެވެ. އެއްކޮށް ހިހޫވުމުން ފްރިޖަށްލާ ރަނގަޅަށް ފިނިކޮށްލާށެވެ. ޗިޕްސް އެންޑް ނަޓްސް ފަޖް ތައްޔާރު ކުރެވުނީއެވެ.

މިއަދު އޮންލައިން