ބަސް ދަށުވެ ފަތުރުވެރިއަކު މަރުވި މައްސަލައިގަ ހައްޔަރުކުރި ބަސް ޑްރައިވަރު ދޫކޮށްލައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 32ސ
ބަސް ދަށުވެ ފަތުރުވެރިއަކު މަރުވި މައްސަލައިގަ ހައްޔަރުކުރި ބަސް ޑްރައިވަރު ދޫކޮށްލައިފި

ހުޅުމާލޭގައި ބަހެއްގެ ދަށުވެ ޔޫކްރެއިން 31 އަހަރުގެ ފަތުރުވެރިއަކު މަރުވި މައްސަލައިގައި ހައްޔަރުކުރި ބަސް ޑްރައިވަރު ދޫކޮށްލައިފިއެވެ. 

ބަންދުގެ މުއްދަތު އިތުރުކުރަން ބަސް ޑްރައިވަރު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ.

މިހާދިސާ ހިނގާފައިވަނީ އެމްޓީސީސީގެ ބަަސް ދުއްވަން އިން ޑްރައިވަރަށް ނިދިޖެހުނުވަގުތު ރޭހަށްފިތާލެވި ބަސް ކޮންޓްރޯލްނުވެ މަގުން ކައްސާލައިގެން ގޮސް މަގުމަތިން ހިނގާފައި ދިޔަ މީހާ ބަހުގެ ދަށުވެގެންނެވެ. 

މިއެކްސިޑެންޓާ ގުޅިގެން ޑްރައިވަރުގެ ބަންދުގެ މުއްދަތު ދެހަފަރެއްގެ މަތިން އިތުރު ވެސް ކުރިއެވެ.

 

މިއަދު އޮންލައިން