ޓީމު ބޮންޑާ ބައްދަލުކޮށް ސީއާރްސީ ކަޕްގެ ޗެމްޕިއަންކަން ޓީމު ސަރުޖަން ހޯދައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ޓީމު ބޮންޑާ ބައްދަލުކޮށް ސީއާރްސީ ކަޕްގެ ޗެމްޕިއަންކަން ޓީމު ސަރުޖަން ހޯދައިފި

ރާއްޖޭގައި ބާއްވާ އެންމެ ގިނަދުވަސްވީ ފުޓްސަލް މުބާރާތްކަމަށްވާ "ސީއާރްސީ ކަޕް 20" ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޓީމު ބޮންޑް ބަލިކޮށް ޓީމު ސަރުޖަން ހޯދައިފިއެވެ.

ކަސްޓަމްސް ރިކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން ކޮންމެ ރޯދަމަހަކު ކުރިއަށް ގެންދާ މި މުބާރާތުގެ މިއަހަރުގެ ޗެމްޕިއަންކަން ޓީމު ސަރުޖަން އިން ހޯދީ ފައިނަލުގައި 0-1 ލަންޑުން ޓީމް ބޮންޑް ބަލިކޮށްގެންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ސަރުޖަންގެ ޙުސައިން ޝުޢައިބް ހޯދި އިރު، 10 ގޯލް ކާމިޔާބުކޮށްގެން އެންމެ ގިނަ ގޯލްޖެހިކުޅުންތެރިޔާގެ މަޤާމް ހޯދީ ސަރުޖަންގެ މުޙައްމަދު ފައިސަލްއެވެ. އަދި އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ޓީމު ބޮންޑްގެ އިބްރާހިމް ވަޙީދެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ސަރުޖަންގެ ޙުސައިން ޝުޢައިބް އާއި މުޙައްމަދު ފައިސަލްއާއި ޓީމް އެއަރ ކާގޯގެ ޙަސަން ނޫރިޝްއާއި ޓީމް ބޮންޑުގެ މާޒިން މުޙައްމަދު އަދި ޓީމް އެސްއޯޕީގެ ޙުސައިން ޙަލީމް އެވެ.

މި މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ޓީމް އެސްއޯޕީ އެވެ.

2000 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި މުބާރާތަކީ ކަސްޓަމްސްގެ އެކި ސެކްޝަންތަކުގެ މެދުގައި ކަސްޓަމްސްގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމާއެކު ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ބާރުއެޅުމުގެ މަޤުޞަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ.

މިއަދު އޮންލައިން