ދޮގުހަދާތޯ ބަލަން ދޮން ދަނގަޑުގަ ދޫ ޖައްސާ ވީޑިއޯއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ދޮގުހަދާތޯ ބަލަން ދޮން ދަނގަޑުގަ ދޫ ޖައްސާ ވީޑިއޯއެއް!

ޚަބަރުގައި އެވަނީ މިޞުރުގައި މީހަކު ހަދަނީ ދޮގުކަން ނުވަތަ ތެދުކަން ބެލުމަށް ދޮންކޮށްފައިވާ ދަގަނޑު ފޮތްޗެއްގައި ދޫ ޖައްސާ ވީޑިއޯއެކެވެ. ވީޑިއޯގައި ބުނާ ގޮތުން އެކަން ކުރަނީ ސޫރަތުލްފާތިޙާ ކިޔެވުމަށްފަހުއެވެ. އަދި އެކަން އެގޮތަށް ކުރާތާ މިހާރު 250 – 300 އަހަރުވެދާނެއެވެ. 

އެމީހަކު ހަދަނީ ދޮގެއް ނަމަ ދޫ ފިހޭނެއެވެ. ދޮގެއް ނޫން ނަމަ ނުފިހޭނެއެވެ.

ވީޑިއޯގައި ބުނެފައިވަނީ އަންހެން މީހާއަށް ހޫނު ދަނގަނޑުގައި ދޫ ޖައްސަން ޖެހުނީ ފިރިމީހާގެ ފައިސާއިން ވައްކަންކުރާ ކަމުގެ ތުހުމަތުގައި ކަމަށާއި އޭނާ 3 ފަހަރު ދޫ ޖެއްސުމުން ވެސް ނުފިހުނީ އޭނާ އެކަން ނުކުރާތީ ކަމަށެވެ. 

3 ފަހަރު ދޫ ޖެއްސުމުން ނުފިހުމަކީ މިކަމުގައި ހަޤީޤަތެއް އޮތްކަން ޤަބޫލުކުރެވޭ ސަބަބެކެވެ.

މިއަދު އޮންލައިން