މިއަދުގެ ރެސިޕީ: ޕޮޓޭޓޯ ޕައީ

ކިޔުމަށް ހޭދަވާނީ 48ސ
މިއަދުގެ ރެސިޕީ: ޕޮޓޭޓޯ ޕައީ

ބޭނުންވާނެ ތަކެތި:

 5 އަލުވި (ކިއުބްކޮށް ކޮށާފަ، ކައްކާ މަޑުކޮށްފައި)

 1 ދަޅު މަސް

 1 ލީކްސް

 ޗީޒް (ގާނާފައި)

 6 ބިސް

 1 ގިތެޔޮ މިރުސް

 3 ފިޔާ

.  ލޮނު

 އަސޭ މިރުސް

 އަޖިނަމޮޓޯ

 ތެޔޮ

 

ތައްޔާރު ކުރާނެ ގޮތް:

 އެންމެ ފުރަތަމަ އުނދުން މައްޗަށް ތަވާއެއް އުދުމަށްފަހު އޭގެ ތެރެއަށް ތެޔޮފޮދެއް އެޅުމަށްފަހު ތެޔޮފޮދު ހޫނުވުމުން ފިޔާކޮޅު އަޅާފައި ފިޔާ މީރު ކޮށްލާށެވެ. ފިޔާކޮޅު މީރުވުމުން އޭގެ ތެރެއަށް ލީކްސް ކޮޅުވެސް އަޅާފައި މީރު ކޮށްލާށެވެ.

 އެއަށްފަހު މަސް، އަލުވި، އަޖިނަމޮޓޯ، ލޮނު، އަދި އަސޭމިރުސް އަޅާފައި ރޯފިލުމުން އުނދުންމަތިން ތެލި ބާލާށެވެ.

 އެއަށްފަހު ބިހާއި ޗީޒް ގިރާލުމަށްފަހު ކުރިން ހެދި މަސްކޮޅާއި އެއްކޮށްލާ ތަވާގައި ފިހެލާށެވެ. ޕޮޓޭޓޯ ޕައީ ތައްޔާރުވީއެވެ.

 

މިއަދު އޮންލައިން