އިންޑިއާގެ އިމާރާތެއްގައި ރޯވެ ޓިޔުޝަން ސެންޓަރެއްގައި ކިޔަވަން ތިބި 17 ދަރިވަރުން މަރުވެއްޖެއެވެ. ފުލުހުން ބުނީ ފިހިފައިވާ ގިނަ ބައަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާ ކަމަށެވެ.
މިހާދިސާ ހިނގާފައިވަނީ ސޫރަތުގެ ވިޔަފާރި ސަރަހައްދެއްގައި ހުރި 4 ބުރި އިމާރާތެއްގައި މިއަދުއެވެ. ފުލުހުން ބުނީ އިމާރާތުގެ 3 ވަނަ ފަންގިފިލާގަ އާއި 4 ވަނަ ފަންގިފިލާގައި އަލިފާން ރޯވި ކަމަށެވެ.
ފުލުހުން ބުނީ އަލިފާން ރޯވީ އަރައިފައިބަން ބޭނުންކުރާ ސިޑި ހުރި ސަރަހައްދުގައި ކަމަށްވުމުން ފޭބުމުގެ ފުރުޞަތު ނުލިބުނީ ކަމަށާއި ބައެއް މީހުން އިމާރާތުން ބޭރަށް ފުންމައިލުމުންވެސް މަރުވެ، އަދި އަނިޔާވެފައިވާ ކަމަށެވެ.