އަފްޣާނިސްތާނުގެ ޤައުމީ ކީޕަރު މާޒިޔާއާ ގުޅިއްޖެ

ކިޔުމަށް ހޭދަވާނީ 55ސ
އަފްޣާނިސްތާނުގެ ޤައުމީ ކީޕަރު މާޒިޔާއާ ގުޅިއްޖެ

އަފްޣާނިސްތާނުގެ ޤައުމީ ކީޕަރު އޮވޭސް އަޒީޒީ އެއްއަހަރު ދުވަހުގެ އެއްބަސްވުމެއްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބަށް ގުޅިއްޖެއެވެ.

ޑެންމާކުގެ ދެވަނަ ޑިވިޝަންގައިވެސް ކުޅެފައިވާ އަޒީޒީ ފުޓްބޯޅަ ކުޅެން ފެށީ ޑެންމާކުގައި ވަޒަންވެރިވެގެންނެވެ. އަދި ޤައުމީ ޓީމަށް ފުރަތަމަ ނަގާފައިވަނީ އޭރުގެ އަފްޣާން ޤައުމީ ކޯޗު އަދި މިހާރު ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގަޓް 2015 ވަނަ އަހަރެވެ.

މއަޒީޒީ ބުނީ މާޒިޔާއަށް ކާމިޔާބީ ހޯދަން ގަދައަޅާ މަސައްކަތްކުރާނެ ކަމަށެވެ. އަދި މިއީ އޭނާއަށް ލިބުނު ބޮޑު އުފަލެއް ކަމަށެވެ.

އަޒީޒީއަކީ މާޒިޔާއަށް މި ސީޒަންގައި ގެނައި ފުރަތަމަ ބިދޭސީ ކުޅުންތެރިޔާއެވެ. އެޓީމުން މިއަހަރުގެ ސީޒަނަށް އަންނަނީ ވަރުގަދަ ސްކޮޑެއް ތައްޔާރު ކުރަމުންނެވެ.

އެގޮތުން އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)އާއި ހަމްޒާ މުހައްމަދު (ހަމްޕު)އާއި ހަސަން ނިހާން (ނިހާޓް) އިބްރާހީމް ވަހީދު (އިއްބެ) ވެސް ވަނީ މާޒިޔާއާ ގުޅިފައެވެ.

ޓީމަށް އިރުޝާދު ދޭނީ މީގެ ކުރިންވެސް އެ ކުލަބަށް އިރުޝާދުދީފައިވާ މަރްޔަން ސެކުލޮސްކީ އެވެ.

 
މިއަދު އޮންލައިން