ކޮމީޑިއަން ކަޕިލް ޝަރްމާ އަށް ދަރިއަކު ލިބެން އުޅެނީ

ކިޔުމަށް ހޭދަވާނީ 39ސ
ކޮމީޑިއަން ކަޕިލް ޝަރްމާ އަށް ދަރިއަކު ލިބެން އުޅެނީ

މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާގެ އަންހެނުން އިނީ ބަލިވެއިނދެ، ދަރިއަކު ލިބެން އުޅޭކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ކަޕިލް ޝަރުމާ އާއި ޗަތުރަތުއަށް ދަރިއަކު ވަރަށް އަވަހަށް ލިބޭނެކަމަށް ބެލެވެއެވެ. އަދި އެ ދެމަފިރިން މިހާރު އަންނަނީ އެކަމަށް ވަރަށްބޮޑަށް ތައްޔާރުވަމުން ކަމަށެވެ.

މި ޚަބަރަށް ކަޕިލްގެ ދެމަފިރިންގެ އެއްވެސް ބަހެއް މިހާތަނަށް ލިބިފައިނުވިޔަސް، ވާގިދެމުން ރިޕޯޓުތައް ބުނެފައިވަނީ ކަޕިލްގެ މަންމަގެ ދިރިއުޅުން މުމްބާއީއަށް ބަދަލުކޮށްފައިވާ ކަމަށާއި އެއީ އެ ދެމަފިރިންނަށް ދަރިއަކު ލިބި އޭނާ މާމައަކަށްވާން އުޅޭތީ ކަމަށެވެ.

ކަޕިލް އާއި ޗަތުރަތު ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަހަރުތަކެއް ވީފަހުން ރަސްމީކޮށް އެންގޭޖްވީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.

މިއަދު އޮންލައިން