ހުޅުމާލޭގައި ތްރީ އޮން ތްރީ ބާސްކެޓްބޯޅަ މުބާރާތެއް ފަށައިފި

ކިޔުމަށް ހޭދަވާނީ 1މ
ހުޅުމާލޭގައި ތްރީ އޮން ތްރީ ބާސްކެޓްބޯޅަ މުބާރާތެއް ފަށައިފި

އެސޯސިއޭޝަން ފޯރ ސޯޝަލް ބެނިފިޓްސް އެންޑް އެއިޑް (އަސްބާ) އިން ތިން ކެޓަގަރީއަކަށް ބަހާލައިގެން ހުޅުމާލޭގައި ތްރީ އޮން ތްރީ ބާސްކެޓްބޯޅަ މުބާރާތެއް ފަށައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އިސްވެ ހުންނަވާ އުފެއްދެވި ޖަމިއްޔާއިން ކުރިއަށްގެންދާ މި މުބާރާތުގައި ހިމެނެނީ އޯޕަން ޑިވިޝަނާއި 23 އަހަރުންދަށުގެ ޑިވިޝަނާއި 18 އަހަރުންދަށުގެ ޑިވިޝަނެވެ.

ކޮންމެ ޑިވިޝަނެއްގެ ކުޅުންވެސް ކުރިޔަށްދާނީ އަންހެން އަދި ފިރިހެން ވަކިންނެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކޮންމެ ދުވަހެއްގެ ހަވީރާއި ރޭގަނޑު މި މުބާރާތް ކުރިއަށްދާ އިރު، ސެމީފައިނަލް މެޗުތައް ކުޅުމަށް ނިންމާފައިވަނީ މެއި 29 ގައެވެ. އަދި ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މެއި 30 ގައެވެ.

އޯޕަން ޑިވިޝަނުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ، 23 އަހަރުންދަށުގެ ބައިގެ ޗެމްޕިއަން ޓީމަށް 10،000 އަދި 18 އަހަރުންދަށުގެ ޗެމްޕިއަން ޓީމަށް ފަސްހާސް ރުފިޔާ ވަނީ ހުށައަޅާފައިވާ މި މުބާރާތަކީ ޤައުމު އާރާސްތުކުރުމުގައި އެހީތެރިވުމާއި އިޖުތިމާއީ މަސައްކަތްތަކަށް ހޭލުންތެރި ކުރުވުމާއި ދުޅަހެޔޮ ޖީލެއް ބިނާކުރުމުގެ މަޤުޞަދުގައި ބާއްވާ މުބާރާތެކެވެ.

މިއަދު އޮންލައިން