އުރީދޫގެ އެމް-ފައިސާ ޚިދުމަތް މެދުވެރިކޮށް، ފަސޭހަކަމާއި އެކު ވިލާ ގޭސް ފުޅި އޯޑަރކޮށް، ފައިސާ ދެއްކޭ ނިޒާމެއް، އުރީދޫ މޯލްޑިވްސް އާއި ވިލާ ގޭސް ގުޅިގެން މިއަދު ތައާރަފްކޮށްފިއެވެ.
އުރީދޫގެ މި ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން މެދުވެރިކޮށް ކޮންމެ ތާކު ހުރެގެންވެސް، ކަސްޓަމަރުންނަށް ގޭސް ފުޅި އޯޑަރކޮށް، އޮންލައިންކޮށް ފައިސާ ދެއްކުމުގެ ފަސޭހަކަން ލިބިގެންދާނެއެވެ.
މި ޚިދުމަތް ތައާރަފްކޮށްފައިވަނީ، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގެ ޑެޕިޔުޓީ މެނޭޖިންގ ޑައިރެކްޓަރ، މުހައްމަދު ރަޝީދު އަދި އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޚާން ބައިވެރވެވަޑައިގެން އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރސްގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ
އުރީދޫގެ އަމާޒަކީ، ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ އެހީގައި، ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، އާންމު ދިރިއުޅުމުގައި ކުރާ މަސައްކަތްތަކަށް ލުއިކަމެއް ފޯރުކޮށްދިނުން ކަމަށާއި މިގޮތުން އެމް-ފައިސާ އަކީ އެއް ޕްލެޓްފޯމެއްގައި އެންމެ ގިނަ ބިލްތަކެއް ދައްކާލެވޭ ޚިދުމަތް ކަމަށެވެ.
"މި ޕްލެޓްފޯމުގު ޕާޓްނަރުންގެ ވިއުގައަށް ވިލާ ގޭސް އަށް މަރުޚަބާ ކިޔައި، މިކަމުގެ ސަބަބުން ވިލާ ގޭސް ބޭނުންކުރައްވާ ކަސްޓަމަރުންނަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަމަށް އުއްމީދުކުރަން."
އުރީދޫ އެމް-ފައިސާ އަކީ ކޮންމެތަނަކުން، އަދި ކޮންމެ ވަގުތެއްގައިވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އެކެވެ.

މިއީ ކަރަންޓު، ފެން ފަދަ އެންމެ ގިނަ ޔޫޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކެވުމަށް ރާއްޖޭގައި ބޭނުންކުރެވޭ ޑިޖިޓަލް ޕްލެޓްފޯމްއެވެ.
މީގެ ތެރޭގައި އުރީދޫ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް ފަދަ ގިނަ ކުންފުނިތަކެއް ހިމެނެއެވެ. ހަމައެހެންމެ، ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި، އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ފިތުރު ޒަކާތްވެސް ދައްކާލެވޭނެއެވެ.
އެމް-ފައިސާ އެޕް މެދުވެރިކޮށް ރެޖިސްޓަރ ކޮށްގެން، މި ފަސޭހަ ޚިދުމަތްތައް ވަގުތުން ބޭނުން ކުރަން ފެށޭނެއެވެ. މި އެޕް ޑައުންލޯޑު ކުރެއްވުމަށް، https://ore.do/mm އަށް ޒިޔާރަތް ކުރައްވާށެވެ. ހަމައެހެންމެ، އެމް-ފައިސާ ޚިދުމަތާއި ބެހޭ އިތުރު މައުލޫމާތު އުރީދޫ ވެބްސައިޓް (www.ooredoo.mv/mfaisaa) އިން ލިބިވަޑައިގަންނަވާނެއެވެ.