އުރީދޫ ކަލަރ ރަން އައްޑޫ، ބާއްވާނީ ޖޫން މަހު 28 ވާ ހުކުރު ދުވަހު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
އުރީދޫ ކަލަރ ރަން އައްޑޫ، ބާއްވާނީ ޖޫން މަހު 28 ވާ ހުކުރު ދުވަހު!

އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ކަލަރ ރަން ބާއްވަން މިހާރު ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 28 ވާ ހުކުރު ދުވަހު ކަމަށް އުރީދޫ އިން ބުނެފިއެވެ.

އުރީދޫން ބުނެފައިވަނީ މިގޮތަށް ހަމަޖެއްސީ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވީހައި ގިނަ ދުވުންތެރިން ދިނުމުގެ ގޮތުން ކަމަށެވެ. އަދި މި ބަދަލު ގެނެސްފައިވަނީ ގުޅުން ހުރި ގިނަ ޕާޓްނަރުންނާއި، ދުވުންތެރިންގެ އެދިލެއްވުމާއި އެކު ގައި ކަމަށެވެ.

މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ބައިވެރިވުމާއި އެކު، މިދިޔަ މަހު އުރީދޫ ކަލަރ ރަން އައްޑޫ އިއުލާންކޮށްފައިވަނީ، ރާއްޖޭގެ ތަފާތު ހިސާބުތަކުގައިވާ ރައްޔިތުންނަށް, އުރީދޫ ކަލަރ ރަންގެ އުފާ ތަޖުރިބާކޮށްލުމުގެ ފުރުސަތު މަގުފަހިކޮށްދިނުމަށެވެ. ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމުގެ އަމާޒާއި އެކު ކުރިއަށްގެންދާ އުރީދޫ ކަލަރ ރަންގެ މަޤްބޫލުކަން އަހަރުން އަހަރަށް އިތުރުވެ، ރިކޯޑު އަދަދެއްގެ ދުވުންތެރިން ވަނީ ބައިވެރިވެފައެވެ.

6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެސް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެކެވެ. އުރީދޫ ކަލަރ ރަންގައި ކޮންމެ ކިލޯމީޓަރއެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ.

މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ. މި ހަރަކާތް އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި، ބައިވެރިންގެ ތެރެއިން އެންމެ ފޯރިގަދަ ދުވުންތެރިޔާ އަދި އެންމެ ސަޅި ކޮސްޓިއުމް ހޮވާލެވި، ވަރަށް ޚާއްޞަ އިނާމުތަކެއް ދެވޭނެއެވެ.

ފާއިތުވި އަހަރު ހުޅުމާލޭގައި ބޭއްވުނު ކަލަރ ރަން އާއި އެއްފަދައިން، އައްޑޫގައި ވެސް ކަލަރ ރަންގެ ފޯރި މުޅި ދުވަހަށް ކުރިއަށްގެންދާނެއެވެ. މިގޮތުން، ހަވީރު ބޭއްވޭ ރަންގެ ކުރިއަށް، ހެންދުނު ގަޑީގައި ކައިޓް ފެސްޓިވަލެއްވެސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މި ދުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އުރީދޫ މޯލޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް ފަސޭހަކަމާއި އެކު ރެޖިސްޓަރ ކުރުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވައިލެވޭނެއެވެ. މިކަމާއި ބެހޭގޮތުން އިތުރު މައުލޫމާތު، އުރީދޫގެ ވެބްސައިޓް ނުވަތަ ސޯޝަލް މީޑިއާ ޗެނަލްތަކުން ފޯރުކޮށްދެވޭނެއެވެ. ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ބޭފުޅުން، އަދި އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ބޭފުޅުންވެސް، އުރީދޫ ކަލަރ ރަން ގައި ބައިވެރިވުމަށް، އުރީދޫ އަދި މި ދުވުމުގެ އެންމެހާ ޕަރޓްނަރުން ދައުވަތު އަރުވައެވެ.

މިއަދު އޮންލައިން