ރާއްޖޭގެ މަޝްހޫރު ހިޕްހޮޕް އަދި ރެޕް ލަވަ ކިޔުންތެރިޔާ ސޮއްޕެ ގެ އަމިއްލަ އަލްބަމެއް މިޢީދު ދުވަހު ރިލީސް ކުރުމަށް ހަމަޖެހިއްޖެއެވެ.
ސޮއްޕެ ގެ ރަން އަޑުން ކިޔާދީފައިވާ މިލަވަ އަލްބަމަށް ނަންދީފައިވަނީ ވެސް އޭނާގެ ނަމުން ނެވެ. "ސޮއްޕެ" އަލްބަމް ރިލީސް ކުރަނީ "ލަވަފޮށްޓާއި" ގުޅިގެންނެވެ. އަދި އަލްބަމްގައި މުޅިއަކު 11 ލަވަ ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
"ސޮއްޕެ" އަލްބަމުން މިސްޓީ އާއި ޝަގްސްދް ގެ ޕްރޮޑަކްޝަންތައް ވެސް ތައާރަފްވާއިރު، މުޅިން އައު ލަވަކިޔުންތެރިއެއް ކަމަށްވާ އަންދަލަ (އަންޔާ) ވެސް ތަޢާރަފްވާނެެއެވެ. އަލްބަމްގަ ހިމެނޭ ހުރިހާ ލަވަތަކެއް ލިޔެފައިވަނީ ޚުދު ސޮއްޕެ އެވެ.
ރާއްޖެއާއި ލަންކާގައި ރިކޯޑް ކޮށްފައިވާ މިއަލްބަމް ރަސްމީކޮށް ރިލީޒް ކުރާން ހަމަޖެހިފަ ވަނީ "ލަވަފޮށި" އިންނެވެ.
ސޮއްޕެ އޭނާގެ އަލްބަމެއް ރިލީޒް ކުރާކަން އެންމެ ފުރަތަމަ އިއުލާނު ކުރީ މީގެ އަށް އަހަރު ކުރިން 2011 ގައި، ވޮއިސް އޮފް މޯލްޑިވްސް ގައެވެ. އޭގެފަހުން "އެޅި މި ކަނޑުމަތި"، "ބުނެލާ ލޯބިވޭ"، އަދި "ހިތް ކުދި ކުދި" ފަދަ ލަވަތަކުން އޭނާވަނީ ރާއްޖޭގެ ހިޕްހޮޕް ދާއިރާގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.