"ވިލާޔަ އޮފް ހިންދް" ގެ ނަމުގަ އިންޑިއާގަ އައިއެސްގެ ޕްރޮވިންސެއް އުފެއްދިއްޖެ ކަމަށް އެ ޖަމާއަތުން ބުނެފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
"ވިލާޔަ އޮފް ހިންދް" ގެ ނަމުގަ އިންޑިއާގަ އައިއެސްގެ ޕްރޮވިންސެއް އުފެއްދިއްޖެ ކަމަށް އެ ޖަމާއަތުން ބުނެފި

"ވިލާޔަ އޮފް ހިންދް" ގެ ނަމުގައި އިންޑިއާގައި އައިއެސްގެ ޕްރޮވިންސެއް އުފެއްދިއްޖެ ކަމަށް އެޖަމާއަތުން ބުނެފިއެވެ. އައިސް އިން މިހެން ބުނެފައިވަނީ އެޖަމާއަތުގެ ރަސްމީ ނޫސް އެޖެންސީ މެދުވެރިކޮށެވެ. 

އިންޑިއާ ސިފައިން ކަޝްމީރުގައި ހަނގުރާމަވެރިންގެ ބައަކު މަރާލުމާއި ގުޅިގެން އައިއެސް އިން ބުނެފައިވަނީ އެ ހަނގުރާމަވެރިންނަކީ އައިއެސް ޖަމާއަތާއި ގުޅުން ހުރި ބައެއް ކަމަށެވެ. 

ރިޕޯޓްތައް ބުނާ ގޮތުން އިރާޤް އަދި ސީރިޔާ ފަދަ ޤައުމުތަކުގައި އައިއެސް ބަލިކަށިކޮށްލުމުން އިންޑިއާގައި ބާރުގަދަކުރަން މަސައްކަތް ކުރުމަކީ އެކަށީގެންވާ ކަމެވެ. ސްރީލަންކާގައި ދިން ހަމަލާތަކަށް ޓެރަރިސްޓުން ތަމްރީނުކުރީ އިންޑިއާގައި ކަމަށް ބައެއް ނޫސްތަކުންވަނީ ހާމަކޮށްފައެވެ.

 

މިއަދު އޮންލައިން