މަތިވެރިވާން މަސައްކަތްކުރާއިރު އެންމެ ގިނަ ބައަކަށް ހަނދާންނެތިފައިފާ ޙަދީޘް - ދިރިއުޅުން ބާއްޖަވެރިކުރަން އެންމެ މުހިންމު ޙަދީޘް: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
މަތިވެރިވާން މަސައްކަތްކުރާއިރު އެންމެ ގިނަ ބައަކަށް ހަނދާންނެތިފައިފާ ޙަދީޘް - ދިރިއުޅުން ބާއްޖަވެރިކުރަން އެންމެ މުހިންމު ޙަދީޘް: މުފްތީ މެންކް

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ އެންމެ މަތިވެރިވާން މަސައްކަތްކުރާ މީހުންނެވެ. ﷲ ތަޢާލާގެ ރުއްސެވުން ހޯދަން މަސައްކަތްކުރާ މީހުންނެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހެއްގެ ދަރަޖަ މަތިވެރިވެ އުފުލިގެން ދިއުމަށް އެދޭ މީހުންނެވެ. އެކަމަށްޓަކައި ދީލަތިވެ މީހުންނަސް ހެޔޮކޮށް ހިތައި އޯގާތެރިވެސްވާ މީހުންނެވެ. 

އެހެންނަމަވެސް ރަސޫލް (ޞޢވ)ގެ މިޙަދީޘްފުޅު ގިނަ ބައަކަށްވަނީ ހަނދާން ނެތިފައެވެ. އެއީ "ތިއަބައިމީހުންގެ އެންމެ "ބެސްޓް" މީހާއަކީ އެމިހާގެ އަނބިމީހާއަށް އެންމެ "ބެސްޓް" (ހެޔޮ މީހާ)" ކަމަށް ކުރައްވަވާފައިވާ ޙަދީޘްފުޅެވެ.

މިޙަދީޘްފުޅުގައި ރަސޫލް (ޞޢވ) އެވަނީ މީސްތަކުންގެ ތެރެއިން އަނބިންނަށް އެންމެ ހެޔޮ ބޭކަލަކީ އިތުރު އެކަލޭގެފާނުކަންވެސް ބަޔާން ކުރައްވަވައިފައެވެ. އަނބިންނަށް ހެޔޮވުމުގެ މަތިވެރިކަން ބަޔާންކޮށް ދެއްވަވައި އެފަދަ މީހަކު ކަމުގައިވުމަށް ހިތްވަރު ދެއްވެވުމުގެ ގޮތުންނެވެ. 

އެހެންކަމާއިއެކުވެސް ގިނަ ބައަކު ވަނީ މިކަމުގައި ފޭލްވެފައެވެ. އެންމެ ކުޑަމިނުން އަނބިންނަށް ޙައްޤު އިޙްތިރާމް އަދާކުރުމުގައިވެސް ގިނަ ބައަކު މިއަދުވަނީ ފޭލްވެފައެވެ. ހެޔޮ ބަހެއް ބުނުމުގައިވެސް މިވަނީ ފޭލްވެފައެވެ. އެކަމުގެ ސަބަބުން މީސްތަކުންގެ މަލާމާތް މިއަދު މުސްލިމުންނަސް ދަނީ ލިބެމުންނެވެ. އެހެންކަމުން ނަމޫނާ ދައްކައި ޙާލަތު ބަދަލުކުރުން ވަނީ އަހަރެމެންގެ އަތްމަތީގައެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން