ޤްރައިޝުންގެ މުޝްރިކުންގެ ބޮޑުން ގަތް ބިރުން އަޑު ނާހަން ކަންފަތުގައި އަތްއަޅައިގެން ދުވެފިލި އާޔަތަށް ބިރުވެތިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ޤްރައިޝުންގެ މުޝްރިކުންގެ ބޮޑުން ގަތް ބިރުން އަޑު ނާހަން ކަންފަތުގައި އަތްއަޅައިގެން ދުވެފިލި އާޔަތަށް ބިރުވެތިވާށެވެ!

އެއީ ރަސޫލް (ޞޢވ) ދީނަށް ގޮވައިލެއްވެވުން ހުއްޓަވައިލަ ދެއްވެވުން އެދި ރަސޫލް (ޞޢވ) ގެ އަރިއަހަށް މައްކާގެ މުޝްރިކުން ދިއަ ދުވަހެވެ. އެމީހުން ދެންނެވީ ރަސޫލް (ޞޢވ) ބޭނުންފުޅުނަމަ ދުނިޔޭގެ ހުރިހާ އުފާތަކެއް އިތުރު އެކަލޭގެފާނަށް އެމީހުން އަރުވާނެ ކަމަށެވެ. ތަނަވަސްކަން ކަމުގައި ވީނަމަވެސް އަނބިން ކަމުގައިވީނަމަވެސް މިހެން ގޮސް ހުރިހައި ކަމެކެވެ. 

އެމީހުންނަށް ރަސޫލް (ޞޢވ) ދެއްވި ޖަވާބުގައި ޙަދީޘްފުޅު ކުރެއްވެވީ އެއް އަތްޕުޅަށް އިރު، އަނެއް އަތްޕުޅަށް ހަނދު ލައިދިން ނަމަވެސް ދީނަށް ގޮވައިލެއްވެވުން ދުނިޔޭގައި ހުންނެވިހައި ދުވަހަކު ހުޓަވައި ނުލައްވަވާނެ ކަމަށެވެ. އަދި ފުއްޞިލަތު ސޫރަތް ކިޔަވައި ވިދާޅުވާން ފެށްޓެވިއެވެ. ކިޔަވައިވިދާޅުވަމުން ގޮސް 13 ވަނަ ޢާޔަތް ކިޔަވައި ވިދާޅުވާން ފެށްޓެވުމުން، "ފުދިއްޖެއޭ، އިތުރަށް ވިދާޅުނުވާށޭ" ދަންނަވައި އަނގަނގަފުޅުމަތީގައި އަތް އެޅުމަށްފަހު އަވަސް އަވަހަށް، ބާރަށް މުޝްރިކުން ދުވެ ފިލީއެވެ. 

އެ އާޔަތުގެ މާނައިގައިވަނީ " ފަހެ، އެއުރެން ފުރަގަސްދީ އެނބުރިގެންފިނަމަ، ފަހެ، ކަލޭގެފާނު (އެއުރެންނަށް) ވިދާޅުވާށެވެ! عاد ބާގައިމީހުންނާއި ثمود ބާގައިމީހުންނަށް އައި ހޮނުގުގުރީގެ عذاب ފަދަ عذاب އެއް، ތިޔަބައިމީހުންނަށް އަތުވެދާނެކަމަށް إنذار ކުރައްވަމެވެ." މިފަދައިންނެވެ. 

އެމީހުން އެހައި ބޮޑު ބިރެއް ގަނެ ދުވެ ފިލީ ކީއްވެގެން ހެއްޔެވެ؟ އެއީ އެއާޔަތުގައިވާ ފަދަ ގަދަ ފަދަ ޢަޛާބެއް ފޮނުއްވަވައިފާނެ ކަމުގެ ބިރަށެވެ. 

މައްސަލައަކީ އެދުވަހު ރަސޫލް (ޞޢވ) އަރިއަހަށް ދިއަ މައްކާގެ މުޝްރިކުންގެ ބޮޑުން ފަދަ ބައަކު މިއަދު މުސްލިމުންގެ ތެރޭގައިވެސް ތިބޭ ކަމެވެ. ﷲ ތަޢާލާ މިންވަރު ކުރައްވަވައިފާނެ ކޯފާއެއްގެ ވާހަކަ އަޑުއިވުމުން ދެކަންފަތުގައި އަތް އަޅާ ބައަކު ތިބޭ ކަމެވެ. އެފަދަ ވާހަކައެއް ދެކެވޭ އަޑު އިވޭއިރަށް އެތަން ދޫކޮށް ފިލާ މީހުން އުޅޭ ކަމެވެ. 

މިއަދު އެފަދަ އަޑުތައް ނުއަހައި އުޅެވިދާނެއެވެ. ނަމަވެސް ކުރިއަށް އޮތީ އެއަށްވުރެ އެތައް ގުނައެއް ބޮޑުވެގެންވާ ގަދަފަދަ ޢަޖާބާއި ކުރިމަތިލާން ޖެހިދާނެ ދުވަސް ކަމާއިމެދު ބިރުވެތިވާށެވެ! 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން