އެއް ނަމާދުން އަނެއް ނަމާދަށް ފުއްސަވައި ދެއްވަވަނީ ހަމައެކަނި ކުދި ފާފަތަކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
އެއް ނަމާދުން އަނެއް ނަމާދަށް ފުއްސަވައި ދެއްވަވަނީ ހަމައެކަނި ކުދި ފާފަތަކެވެ!

ކުރެވޭ ފާފަތައް އެއް ނަމާދުން އަނެއް ނަމާދަށް ވެސް ފުއްސަވައި ދެއްވަވާތީ ބައެއް މީހުންނަށް ހީކުރެވިފައިއޮންނަނީ އެއީ ތިމާ ކުރާ ހުރިހާ ފާތަކެއް ކަމުގައެވެ. ނަމަވެސް މުޅިން ގޯސް ވިސްނުމެކެވެ. 

އެއް ނަމާދުން އަނެއް ނަމާދަށް، އެއް ހުކުރުން އަނެއް ހުކުރަށް، އެއް ރޯދަމަހުން އަނެއް ރޯދަމަހަށް ﷲ ތައާލާ ފުއްސަވައި ދެއްވަވަނީ މީސްތަކުންނަށް ކުރެވޭ ކުދި ފާފަތަކެވެ. މާނައަކީ ވައްކަން ކުރުމާއި ޒިނޭކުރުމާއި ފާހިޝް އަމަލުތައް ހިންގުމާއި މި ފަދަ ބޮޑެތި ފާފަތައް އެބައިގައި ނުހިމެނޭނެ ކަމެވެ. އެފަދަ ބޮޑެތި ބޮޑެތި ފާފަތަކަށް ޖެހޭނީ ތައުބާވާށެވެ. 

ވީމާ ބޮޑެތި ފާފަތައް ކުރަމުން ނަމާދުކުރާމީހާ ބިރުވެތިވާންޖެހޭނެއެވެ. އެއް ނަމާދުން އަނެއް ނަމާދަށް ފުއްސަވާނެ ކަމަށް ބަލައި ބޮޑެތި ފާފަތަކަށް އަރައިގަންނަމުން ދުނިޔޭގައި އުޅުމަކީ ވަރަށް ބިރުހުރި ކަމެކެވެ. ވަރަށް ނުރައްކައުތެރިކަމެކެވެ. 

އެހެނީ އަޖަލު، ނުވަތަ މަރުގެ ވަގުތު ޖެހުން އެއްވެސް މީހަކަށް ތައުބާވުމަށް އެންމެ ފަޅި ސިކުންތެއްވެސް ނުލިބޭނެތީއެވެ. ކިތަންމެ ވަރަކަށް އާދޭސް ކުރި ނަމަވެސް އެއީ ލިބޭނެ ފުރުޞަތެއް ނޫނެވެ. ވީމާ އަބަދުވެސް ތިބެންޖެހޭނީ ފާފަކުރުމުން ދުރުހެލިވެގެންނެވެ.. ތައުބާވެގެންނެވެ. 

- ޝައިޚް މުޙައްމަދު މޫސާ މިއަދު ވިޔަފާރިވެރިންގެ މިސްކިތުގައި ދެއްވި ދަރުސުން

 

 

މިއަދު އޮންލައިން