ބްރިޖު ހައިވޭގައި ކާރެއްގެ ފުރޮޅު ފަޅައިގެން ގޮސް، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ކިޔުމަށް ހޭދަވާނީ 38ސ
ބްރިޖު ހައިވޭގައި ކާރެއްގެ ފުރޮޅު ފަޅައިގެން ގޮސް، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ސިނަމާލެ ބްރިޖުގައި ރޭ ދަންވަރު ދުއްވާފައި ދިޔަ ކާރެއްގެ ފުރޮޅު ފަޅައިގެންގޮސް، ނުރައްކަތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

އެނގިފައިވާ ގޮތުގައި އެކާރުގެ ފުރޮޅު ފަޅައިގެން ގޮސްފައިވަނީ، ކާރު ކޮންޓްރޯލް ނުކުރެވިގެން ގޮސް ހައިވޭގައި ހުންނަ ފެންސުތަކުގައި ޖެހިގެންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިއެކްސިޑެންޓު ހިނގާފައިވަނީ ރޭ ދަންވަރު 2:30 ހާއިރެވެ. މިއެކްސިޑެންޓުގެ ސަބަބުން އެކާރުޖެހުނު ފެންސުތައް ވަރަށް ބޮޑަށް ހަލާކުވެފައިވީ ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އެކްސިޑެންޓުވި ކާރު ދުއްވަން އިނީ ލައިސެންސް އޮން މީހެއް ކަމަށާއި މިމައްސަލަ އިތުރަސް ތަހުގީގު ކުރައްވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.

 

މިއަދު އޮންލައިން