އަނބިމީހާއަށް ކާންދޭ ލުޤްމާއަކީވެސް، އަޚާއަށް ހިނިތުންވެލުމަކީވެސް ޞަދަޤާތެއް: ޝައިޚް ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
އަނބިމީހާއަށް ކާންދޭ ލުޤްމާއަކީވެސް، އަޚާއަށް ހިނިތުންވެލުމަކީވެސް ޞަދަޤާތެއް: ޝައިޚް ޢަލީ ޒާހިރު

"ޞަދަޤާތް ކުރެވޭނެ މަގުތައް ވަރަށް ގިނައެވެ. އެހެނީ އަނބިމީހާއަށް ކާންދޭ ލުޤްމާއަކީވެސް ޞަދަޤާތެކެވެ. އަޚާއަށް ހިނިތުންވެލުމަކީވެސް ޞަދަޤާތެކެވެ." ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް

ޞަދަޤާތް ދިނުމުގައި އެންމެ ހެޔޮކަންބޮޑީ އެމީހެއްގެ އަނބިދަރިންނަށާއި ޢާއިލާއަށް ޚަރަދުކުރުމެވެ. ހަމަ އެއާއިއެކު ﷲ ތައާލާގެ ޙަޟްރަތުން ސަވާބަށް އެދިގެން ޢާއިލާއަށް ހޭދަކުރިނަމަ އެ ހޭދަ ވާނީ ޞަދަޤާތަށެވެ. (ޞަހީޙް މުސްލިމް)

އެމީހަކަށް ލިބުނު މިންވަރަކުން ރަނގަޅު ކާބޯތަކެތި އަނބިދަރިންނަށް ކާން ބޯން ދިނުމުން ޞަދަޤާތުގެ މަތިވެރިކަން އިތުރުވެގެންދާނެއެވެ. ލިބޭ ސަވާބުވެސް އިތުރުވާނެއެވެ. 

ހަމަ އެއާއިއެކު އަޚުންނާއި އުޚުތުންނާއި ބައްދަލުވެވޭހިނދު ހިނިތުންވެލުމަކީވެސް ޞަދަޤާތަކަށްވާއިރު ވީހައި ގިނައިން ހިނިތުންވުމަކީ ކިހައި ގިނަ ސަވާބު ހޯދިދާނެ ކަމެއްތޯއެވެ؟ ކޮންމެ މުސްލިމަކީ ތިމާގެ އަޚެކެވެ. އަބަދު ހިނިތުން ވެވޭނަމަ ލިބޭނެ ސަވާބަށް ވިސްނައިލާށެވެ.  

ރަސޫލް (ޞޢވ) ވަނީ ހިނިތުންވެވަޑައިގަތުމުގައިވެސް މީސްތަކުންނަށް ނަމޫނާ ދައްކަވައިދެއްވަވައިފައެވެ.

މިއަދު އޮންލައިން